އޭސީސީގެ ރައީސްގެ މައްސަލަ ނުބަލަން ފުލުހުން ނިންމައިފި

Advertisement

އެންމެ ފަސް

Advertisement

ފަނޑިޔާރު އަޒްމިރާލްދާ ޒާހިރުގެ ފަރާތުން ފުލުހަށް ހުށަހެޅި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝާމިލް ދޮގު މައުލޫމާތުދީފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަ ނުބަލަން ފުލުހުން ނިންމައިފި އެވެ.

އޭސީސީގެ ރައީސް އާދަމް ޝާމިލްގެ މައްސަލައެއް ތަހުގީގު ކުރުމަށް ފަނޑިޔާރު އަޒްމިރާލްދާގެ ފަރާތުން ފުލުހަށް ހުށަހަޅާފައިވަނީ އޭޕްރިލް 6 ވަނަ ދުވަހު އެވެ.

އަޒްމިރާލްދާގެ ވަކީލް އިބްރާހިމް ޝަމީލް މިއަދު ވިދާޅުވީ، ފަނޑިޔާރު އަޒްމިރާލްދާގެ ފަރާތުން ފުލުހަށް ހުށަހެޅި މައްސަލަ ނުބެލުމަށް ނިންމާފައިވާ ކަމަށެވެ. ޝާމިލްއާ ގުޅޭގޮތުން ހުށަހެޅި މައްސަލަ ނުބެލުމަށް ނިންމާ ފުލުހުން ބުނެފައިވަނީ، އެ މައްސަލައިގައި ޖޭއެސްސީން ގޮތެއް ނިންމުމުން ނޫނީ އެއީ ޖިނާއީ ކުށުގެ އަމަލެއްގެ ގޮތުގައި ކަނޑަނޭޅޭނެ ކަމަށެވެ. އެހެންކަމުން މައްސަލަ ތަހުގީގު ނުކުރަން ނިންމީ ކަމަށެވެ.

މީގެއިތުރުން، ފަނޑިޔާރު އަޒްމިރާލްދާއަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރި މައްސަލައިގައިވެސް ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް އެދި ފަނޑިޔާރު އަޒްމިރާލްދާގެ ފަރާތުން ފުލުހަށް ހުށަހެޅި މައްސަލަވެސް ނުބެލުމަށް ފުލުހުން ވަނީ ނިންމާފަ އެވެ. އެގޮތަށް ނިންމާފައިވަނީ އެ މައްސަލައާ ގުޅޭ ޖިނާއީ ކުށުގެ އަމަލެއް ހިންގައިފައިވާ ކަމަށް ބަލަންޖެހޭ އެކަށީގެންވާ ސަބަބުތަކެއް ނެތް ކަމަށް ބުނެ އެވެ

މީގެކުރިން ފަނޑިޔާރު އަޒްމިރާލްދާގެ ފާރާތުން ޝާމިލްއާ ދެކޮޅަށް މައްސަލައެއް އޭސީސީއަށް ވެސް ހުށަހަޅާފައިވެ އެވެ. އޭސީސީއަށް މައްސަލަ ހުށަހަޅާފައިވަނީ ޝާމިލް މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް ރަސްމީ ހައިސިއްޔަތުގެ ނުޒޫފު ބޭނުންކުރިކަމަށް ބުނެ އެވެ.

ފަނޑިޔާރު އަޒްމިރާލްދާގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ތަހުގީގު ކުރަމުން އަންނަނައިރު ފަނޑިޔާރު ހުރީ ސަސްޕެންޑްވެސް ކޮށްފަ އެވެ.

އަޒްލިރ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ