ރާއްޖޭގެ ތަރައްޤީގައި ސަޢުދީ ޢަރަބިއްޔާއަކީ މުހިންމު ބައިވެރިއެއްކަމަށާއި، ސަޢުދީ ސަރުކާރާއެކު ވަރަށް ގާތުން މަސައްކަތްކުރައްވަން ބޭނުންފުޅުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މުޢިއްޒު މިފަދައިން ވިދާޅުވެފައިވަނީ، ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު، މަތްރެކް ބިން އަބްދުﷲ އަލް-އަޖަލިން އަލް-ދޮސަރީ އެމަނިކުފާނާ ބައްދަލުކުރެއްވުމަށް މިއަދު ހެނދުނު ރައީސް އޮފީހަށް ކުރެއްވި ވަދާއީ ޒިޔާރަތުގަ އެވެ. މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، ސަފީރުގެ ދައުރުގައި ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ވަރުގަދަވެފަ އެވެ.
”ސައުދީ ސަރުކާރާއެކު ކުރިއަށް އޮތް ތަނުގައިވެސް ގާތުން މަސައްކަތްކުރުމަކީ ސަރުކާރުގެ އަމާޒެކެވެ،“ ރައީސް މުޢިއްޒު ވިދާޅުވި އެވެ. އަދި ފާއިތުވި މެއި މަހު އުމްރާއަށް ވަޑައިގެންނެވި ދަތުރުފުޅުގައި ސައުދީ ސަރުކާރުން ދެއްވި ހޫނު މެހެމާންދާރީއަށް ޝުކުރުވެރިވެ ވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް އިގްތިސާދީ އަދި އިޖްތިމާޢީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނެ ކަމުގެ އަޒުމް ރައީސް މުޢިއްޒާއި ސަފީރު އަލް-ދޮސަރީ ކަށަވަރުކުރެއްވި އެވެ. އަދި ސަފީރުގެ ދައުރުގައި ދެއްވާފައިވާ މުހިންމު އެހީތެރިކަމަށް ރައީސް މުޢިއްޒު ޚާއްސަ ޝުކުރެއް އަދާކުރެއްވި އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ދިވެހިރާއްޖެއިން ސަޢުދީ ޢަރަބިއްޔާއާއެކު ޚާރިޖީގުޅުން ޤާއިމުކޮށްފައިވަނީ 17 މާރިޗު 1981 ގައެވެ. މިއަހަރަކީ މި ގުޅުމަށް 44 އަހަރު ފުރޭ އަހަރެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - ސައުދީ
