ރައްޔިތުންގެ ހިޔާލު: ގިނަ ބަޔަކު އެދެނީ 25 އަހަރުން ދަށުގެ މީހުންނަށް ދުންފަތް މަނާ ކުރަން

Advertisement

އެންމެ ފަސް

Advertisement

ދުންފަތާ ދުރުހެލި މުޖުތަމައެއް ބިނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ގެންނަން ނިންމާފައިވާ ”ޖެނެރޭޝަނަލް ބޭން“ ގައި 2000 ގެ ފަހުން ވިހާފައިވާ އަދި ވިހާނެ ކުދިން ހިމެނުމަށް ގިނަ ބަޔަކު ތާއީދުކޮށްފި އެވެ.

މިކަމަށް ގިނަ ބަޔަކު ތާއީދުކޮށްފައިވާކަން ހާމަވީ ރައީސް މުއިއްޒު އެމަނިކުފާނުގެ އެކްސް އެކައުންޓާއި ފޭސްބުކް އަދި އިންސްޓަގްރާމުގައި ކުރިއަށް ގެންދިޔަ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ޕޯލްއިންނެވެ. މި ޕޯލަށް ގިނަ ބަޔަކު ވޯޓު ލާފައިވާއިރު ރައީސް މުއިއްޒު ވަނީ މި ޕޯލްގައި 3 އިހުތިޔާރެއް ދެއްވާފަ އެވެ.

ރައީސް މުއިއްޒު ހުށައަޅުއްވާފައިވާ ގޮތްތަކަކީ:

  • 2007 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
  • 2004 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
  • 2000 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން

ރައްޔިތުންގެ ހިޔާލު ހޯދުމަށް ރައީސް މުއިއްޒު ހުޅުވާލެއްވުމުން ގިނަ ބަޔަކު ވޯޓު ލާފައިވަނީ 2000 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށް ފެންނަ ކަމަށެވެ. އެގޮތުން އެކްސްގައި ހުޅުވާލި ޕޯލަށް 5،000 އަށް ވުރެ ގިނަ މީހުން ވޯޓު ލީ އިރު އޭގެ ތެރެއިން 51 އިންސައްތަ މިހުން ވޯޓު ދިނީ 2000 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށް ފެންނަ ކަމަށެވެ.

މީގެ އިތުރުން ފޭސްބުކާއި އިންސްޓަގްރާމުގައި ހުޅުވާލި ޕޯލުގައިވެސް ގިނަ މީހުން ވޯޓު ލާފައިވަނީ ީ 2000 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށް ފެންނަ ކަމަށެވެ.

ރައީސް މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް ދުންފަތުން ރައްކާތެރި ޖީލެއް ބިނާ ކުރުމަށް ޖެނެރޭޝަނަލް ބޭނެއް ތަޢާރަފުކުރުމާ ގުޅޭގޮތުން ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އާއި ހެލްތް މިނިސްޓްރީން އިއްޔެ ވަނީ މަޝްވަރާކޮށްފަ އެވެ.

މި މަޝްވަރާތަށް ކުރިއަށް ގެންދިޔަކަން ހާމަކޮށްފައިވަނީ ހެލްތް މިނިސްޓްރީން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ. މި ޕޯސްޓުގައި ހެލްތް މިނިސްޓްރީން ބުނެފައިވަނީ ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް ’ޖެނެރޭޝަނަލް ބޭން‘ ތަޢާރަފުކުރުމަށް ކަމާގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ސަރުކާރުން ކުރަމުންދާ މަޝްވަރާތަކުގެ ތެރެއިން ޑަބްލިއުއެޗްއޯ މޯލްޑިވްސް އާއި ޔުނިސެފް މޯލްޑިވްސް އާއެކު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ހެލްތް މިނިސްޓްރީގެ ފަރާތުން މި މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގެންނެވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އެވެ.

މި ބައްދަލުވުމުގައި ޖެނެރޭޝަނަލް ބޭން ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށްޓަކައި ސަމާލުކަންދޭންޖެހޭ ކަންކަމާ ގުޅޭގޮތުން ޑަބްލިޔުއެޗްއޯ އަދި ޔުނިސެފުން ލަފާ ދީފައިވާކަމަށް ހެލްތް މިނިސްޓްރީން ބުނެފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދުންފަތް ކޮންޓްރޯލްކުރުމާއި، ވޭޕް މަނާކުރުން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ