އެމްއާރްއޭސީން ކ. އަތޮޅުގައި ތަރައްގީ ކުރާ ރިސޯޓުގެ މަސައްކަތް މިނިސްޓަރު ޠާރިޤް ބައްލަވާލައްވައިފި

Advertisement

އެންމެ ފަސް

Advertisement

ރިސޯޓެއް ތަރައްގީ ކުރުމަށް އެމްއާރްއޭސީ ޕްރައިވެޓް ލިމިޓެޑަށް ކ. އަތޮޅުން ދޫކޮށްފައިވާ ފަޅުގެ މަސައްކަތް ކުރިއަށްދާ ގޮތް އެންވާރަމަންޓް އެންޑް ޓޫރިޒަމް މިނިސްޓަރު ޠާރިޤް އިބްރާހިމް ބައްލަވާލައްވައިފި އެވެ.

އެމްއާރްއޭސީއާ ހަވާލުކޮށްފައިވާ ފަޅުގައި މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް މިނިސްޓަރު ޠާރިޤް އިއްޔެ ވަނީ އެތަނަށް ވަޑައިގެންފަ އެވެ. މިނިސްޓްރީން ބުނީ އެމްއާރްއޭސީއާ ހަވާލުކޮށްފައިވާ ފަޅުގައި ހިއްކައިގެން ހަދާ ރިސޯޓުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާއި މަސައްކަތް ކުރިއަށް ދާ ގޮތް މިނިސްޓަރު ބައްލަވާލައްވާފައިވާ ކަމަށެވެ. އަދި އެ ސަރަހައްދަށް މިނިސްޓަރު ވަޑައިގެންނެވުމުން އެ މަޝްރޫއު މެނޭޖުކުރާ ޓީމުން މިނިސްޓަރަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައިވާކަމަށް މިނިސްޓްރީން ބުނެ އެވެ.

މި ޒިޔާރަތުގައި ރިސޯޓު ތަރައްގީ ކުރުމަށް ހިއްކާފައިވާ ސަރަހައްދާއި ހިއްކި ސަރަހައްދު ހިމާޔަތް ކުރުމަށް ކުރަމުންދާ މަސައްކަތްތައްވެސް މިނިސްޓަރު ވަނީ ބައްލަވާލައްވާފަ އެވެ. މީގެ އިތުރުން 5 އަހަރު ތެރޭގައި 5 މިލިއަން ގަސް އިންދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ މަޝްރޫގެ ދަށުން، ރިސޯޓު ހެދުމަށް ހިއްކާފައިވާ ބިމުގައި މިނިސްޓަރު ވަނީ ރުކެއް އިންދަވާދެއްވާފަ އެވެ.

އެމްއާރްއޭސީން ކ. އަތޮޅުގައި ތަރައްގީ ކުރަމުންދާ ރިސޯޓަކީ ތުރުކީގައި މަޝްހޫރު ރިސޯޓުތަކެއް އޮޕަރޭޓް ކުރަމުން އަންނަ މެކްސް ރިސޯޓްސްއާ ގުޅިގެން ތަރައްގީ ކުރާ ރިސޯޓެކެވެ. މެކްސް ރިސޯޓްގެ ވެބްސައިޓުގައި މިހާރުވެސް އެމީހުންގެ ރިސޯޓެއް ވަރަށް އަވަހަށް ރާއްޖޭގައި ހުޅުވަން ނިންމާފައިވާކަން ހާމަކޮށްފައިވެ އެވެ.

މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ