މިއަދާއި މާދަމާ ހުޅުމާލެއާއި މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

Advertisement

Advertisement

އެންމެ ފަސް

Advertisement

މިއަދާއި މާދަމާ މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އިއުލާންކޮށްފި އެވެ.

މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދާއި މާދަމާ ކަރަންޓުގެ ހިދުމަތް ވަގުތީ ގޮތުން މެދުކެނޑިދާނެކަމަށް ސްޓެލްކޯއިން ބުނެފައިވަނީ އެ ކުންފުނިން މާލެ ސަރަހައްދުގެ ކަރަންޓުގެ ވިއުގަ އަދާހަމަ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާތީ އެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓުގެ ވިއުގަ އަދާހަމަ ކުރުމުގެ މަސައްކަތް ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި މިއަދު ކުރިއަށް ގެންދާނެ ކަމަށެވެ. މިއަދު މެންދުރު ފަހު 15:00 އިން 15:30 އަށް ކަރަންޓު ކެނޑުން އެކަށީގެންވާކަމަށް ސްޓެލްކޯއިން ބުނެ އެވެ. ކަރަންޓު ކެނޑޭނެކަމަށް ބެލެވެނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ހަނދުވަރީ ހިނގުމާއި ރީތިގަސްމަގު ސަރަހައްދުންކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެ އެވެ.

މީގެ އިތުރުން ކަރަންޓުގެ ވިއުގަ އަދާހަމަ ކުރުމުގެ މަސައްކަތް މާދަމާ މާލޭގައި ކުރިއަށް ގެންދަން ސްޓެލްކޯއިން ވަނީ ނިންމާފަ އެވެ. މި މަސައްކަތް ކުރިއަށް ދާއިރު ހެނދުނު 09:30 އާއި 11:30 އާ ދެމެދު ބޮޑުތަކުރުފާނު މަގު، ހިޔަލީ ގޯޅި، ރޯޝަނީ މަގު އަދި ވަޔޮލެޓް ހިނގުން ހިމެނޭ ސަރަޙައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށް ސްޓެލްކޯއިން ބުނެ އެވެ.

ސްޓެލްކޯއިން މާލެ ސަރަހައްދުގެ ކަރަންޓު ވިއުގަ އަދާ ހަމަކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު މީގެ ކުރިންވެސް ވަގުތީ ގޮތުން ކަރަންޓުގެ ހިދުމަތް ކެނޑެ އެވެ. ނަމަވެސް އެ ކުންފުނިން މި މަސައްކަތް ކުރުމުގެ ކުރިން އަބަދުވެސް މަސައްކަތް ކުރިއަށް ދާނެ ވަގުތާއި ސަރަހައްދު އިއުލާން ކުރެ އެވެ. އަދި ދިމާވެދާނެ ދަތިކަަށް މާފަށް އެދެ އެވެ.

ސްޓެލްކޯ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ