މެޓަރނަލް ހެލްތް މޮޑިއުލް މުރާޖައާ ކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށް: ހެލްތު މިނިސްޓަރ

Advertisement

އެންމެ ފަސް

Advertisement

މާބަނޑު މައިންނަށް ދެވޭ ޚިދުމަތްތަކަށް ޚާއްޞަ ކުރެވިގެން ފަރުމާ ކުރެވިފައިވާ ”މެޓަރނަލް ހެލްތް މޮޑިއުލް“ މުރާޖައާ ކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މުނާސަބަތުގައި މިއަދު ދެއްވި ޚިތާބުގައި މިނިސްޓަރ ވިދާޅުވި ގޮތުގައި، މައިންނާއި ތުއްތު ކުދިންނަށް ލިބޭ ފަރުވާއާއި ޚިދުމަތްތަކުގެ ރެކޯޑްތައް ހަރުދަނާކަމާއެކު ބެލެހެއްޓުމަށްޓަކައި ޑިޖިޓަލް ޕްލެޓްފޯމުތަކުގައި މަޢުލޫމާތު ބެލެހެއްޓުމުގެ މަސައްކަތްތައް ވަނީ ފެށިފަ އެވެ.

މިނިސްޓަރ ނާޒިމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޚިދުމަތްދޭ އަދި މޮނިޓަރކުރާ ފަރާތްތަކަށް އެއް ނެޓްވޯކެއްގެ ތެރެއިން މަޢުލޫމާތު އަދާހަމަކުރެވޭނެ އޮންލައިން ޕޯޓަލްއެއްގެ ތެރެއިން ”ނެޝަނަލް އިމިއުނައިޒޭޝަން މޮޑިއުލް“ އާއި ”ޗައިލްޑް ނިއުޓްރިޝަން، ގްރޯތު އެންޑް ޑިވެލޮޕްމަންޓް މޮޑިއުލް“ މިހާރުވަނީ ތަޢާރަފުކޮށް ބޭނުންކުރަން ފަށާފަ އެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި މި މަސައްކަތުގެ އަމާޒަކީ މުސްތަޤްބަލުގައި މައިންނާއި ތުއްތު ކުދިންނަށް ލިބޭ ޞިއްޙީ ފަރުވާއާއި ޚިދުމަތުގެ ރެކޯޑްތައް ”މޯލްޑިވްސް އިންޓަގްރޭޓެޑް ހެލްތު އިންފޮމޭޝަން ސިސްޓަމް“ މެދުވެރިކޮށް އާންމު ފަރާތްތަކަށްވެސް ބެލޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

މިއަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ޝިޢާރަކީ ”ހެލްތީ ބިގިނިންގްސް، ހޯޕްފުލް ފިއުޗަރ“ އެވެ. މި ޝިޢާރުން އަލިއަޅުވާލަނީ ދުޅަހެޔޮ ތުއްތު ކުދިން އުފަންވެ، ޞިއްޙަތު ރަނގަޅު ކުދިންގެ ގޮތުގައި ހެދިބޮޑުވުމުގެ މުހިންމުކަމުގެ މައްޗަށެވެ.

ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް މިނިސްޓްރީ އޮފް ހެލްތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ