އެމްއެމްއާރްއައިގެ ޑިރެކްޓަރ ޖެނެރަލްއަކަށް ޝިމާލް!

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި)ގެ ޑިރެކްޓަރ ޖެނެރަލްކަމުގެ މަގާމަށް މުހައްމަދު ޝިމާލް ހަމަޖައްސަވައިފި އެވެ.

އެމްއެމްއާރްއައިގެ އެކި މަގާމުތަކުގައި 10 އަހަރަށްވުރެ ގިނަ މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ޝިމާލް ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް ހަމަޖެއްސެވިއިރު ހުންނެވީ އެ އިންސްޓިޓިއުޓްގެ ޑިރެކްޓަރކަމުގެ މަގާމު ގައެވެ. ޝިމާލްއަކީ އެމްއެމްއާރްއައިގެ ރިސާޗް ޕްރޮގްރާމްތައް ކުރިޔަށްގެންދެވުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

ޝިމާލް ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް ހަމަޖެއްސުމާ ގުޅިގެން އެމްއެމްއާރްއައި އިން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ. ޝިމާލް އެމަގާމަށް ހަމަޖައްސަވާފައިވަނީ ކުރިން އެމަގާމުގައި ހުންނެވި ޝާފިޔާ ނައީމް މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

އެމްއެމްއާރްއައި އަކީ، ކަނޑުގެ ދިރުންތަކާބެހޭ ދިރާސާތައްކުރުމާއި، މަސްވެރިކަމާއި ކަނޑުގެ ދިރުންތަކާ ގުޅޭ މައުލޫމާތު އެއްކޮށް، އެމައުލޫމާތު ސަރުކާރުގެ އިދާރާތަކާއި އާންމުންނާއި ހިއްސާކޮށް، އާންމުން އެކަމަށް ހޭލުންތެރިކުރުވުމާއި، މެރިން ރިސަރޗް ދާއިރާއިން މީހުން ބިނާކުރުމަށް ޚާއްސަކޮށް އުފައްދާފައިވާ އިންސްޓިޓިއުޓެކެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ