އަންގާރަ ދުވަހުން ފެށިގެން މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ: މެޓު

Advertisement

އެންމެ ފަސް

Advertisement

މި ހަފްތާގެ އަންގާރައިން ފެށިގެން މުޅި ރާއްޖެއަށް މޫސުން ގޯސްވެ، ވިއްސާރަވެ، ވައި ގަދަވާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން މިއަދު ލަފާކޮށްފި އެވެ.

މެޓް އޮފީހުގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި އަންގާރަ ދުވަހުން ފެށިގެން މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ އެވެ. އަދި ”އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުމުގެ އިހްތިމާލު ވެސް އެކަށީގެންވޭ،“ އެ އޮފިޝަލު ވިދާޅުވި އެވެ.

މިހާރު ޖެހެމުންދާ މިންވަރަށްވުރެ ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓް އިން ބުނެފައިވެ އެވެ. ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާ ގޮތުގައި، ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން، އަދި އެހެން ހިސާބުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ އެވެ.

ނަމަވެސް ކަނޑުތައް އާދައިގެ މިންވަރަކަށް މަޑުވާނެ ކަމަށް މެޓް އިން ލަފާކޮށްފައިވެ އެވެ. އަދި ރާޅުގެ އުސްމިން އެއް ފޫޓާއި ތިން ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ވެސް ލަފާކުރެ އެވެ.

މޫސުން ގޯސްވުން މޫސުމާ ބެހޭ ގައުމީ އިދާރާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ