މާވަށަށް 800 ކިލޯ ވޯޓުގެ އިންޖީނެއް ގެންގޮސްފި

Advertisement

އެންމެ ފަސް

Advertisement

ލ. މާވަށަށް 800 ކިލޯ ވޯޓުގެ އިންޖީނެއް ގެންގޮސް، އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ފެނަކަ ކޯޕަރޭޝަނުން މިކަން ހާމަކުރަމުން ބުނެފައިވަނީ، މިއީ އެ ރަށަށް ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ ކަމެއް ކަމަށެވެ. އަދި މި އިންޖީނު އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި ކަމަށާއި، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި، ޚިދުމަތަށް ބޭނުންކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ފެނަކައިން ބުނެފައިވެ އެވެ.

ލ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކާ ދުރުގައި އޮންނަ މާވަށަކީ، 2000 އެއްހާ މީހުން ދިރިއުޅޭ ރަށެކެވެ. މި އިންޖީނު އިންސްޓޯލް ކުރުމުން، އެ ރަށުގެ ރައްޔިތުންނަށް އިތުރަށް ކަރަންޓުގެ ޚިދުމަތް ކަށަވަރުވެގެންދާނެ ކަމަށް ބެލެވެ އެވެ.

ފެނަކައިން ވަނީ ފާއިތުވި އަހަރުތަކުގައިވެސް ރާއްޖޭގެ އެކި ރަށްރަށުގެ ކަރަންޓުގެ ޚިދުމަތް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

ފެނަކަ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ