ކުޅިވަރުގެ ކުރިމަގު ބަދަލުކޮށްލާފަދަ މަޝްރޫޢުތަކެއް ތަންފީޒުކުރަން ފަށައިފިން: ރައީސް

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ ކުޅިވަރުގެ ކުރިމަގު ބަދަލުކޮށްލާފަދަ މަޝްރޫޢުތަކެއް މިހާރު ތަންފީޒުކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވ ީތަރައްޤީ އާއި ސުލްޙަ ޤާއިމުކުރުމުގައި ކުޅިވަރު އަދާކުރާ ދައުރު ބައިނަލްއަޤުވާމީގޮތުން ފާހަގަކުރާ ދުވަހާ ގުޅިގެން ފޮނުއްވި ޚާއްޞަ މެސެޖެއްގަ އެވެ. މިއަހަރުގެ ޝިޢާރު ”ލެވެލިންގ ދަ ޕްލެއިންގ ފީލްޑް: ސްޕޯޓް ފޯ ސޯޝަލް އިންކްލޫޝަން“ އާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެއްބައިވަންތަކަމާއި ބާރުވެރިކުރުމާއި، ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމަށް ކުޅިވަރަށް ލިބިފައިވާ ބާރުގެ ފުރިހަމަ ބޭނުން ހިއްޕެވުމަށް ސަރުކާރުން ގަސްދުކުރައްވާ ކަމަށެވެ.

ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ޤާއިމުކުރެއްވުމަށް ކުރިއަށް ގެންދަވާ މަސައްކަތުގެ ވާހަކަ ހާމަކުރައްވަމުން، މިކަމުގެ ސަބަބުން ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށާއި އިޖުތިމާޢީ ގުޅުންތައް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެކަމަށް ވިދާޅުވި އެވެ.

އޭގެއިތުރުން 20 އަހަރުގެ ނޭޝަނަލް ސްޕޯޓްސް ޑިވެލޮޕްމަންޓް ޕްލޭންގެ ދަށުން ކުޅިވަރު ލާމަރުކަޒުކޮށް، ހުނަރު ކުރިއަރުވައި، ތަމްރީނުގެ ފުރުޞަތުތަކާއި މުބާރާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. މީގެ ސަބަބުން އެތުލީޓުންނާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް، ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅުނު ކަމުގައިވިޔަސް، އެ ދާއިރާއިން ކުރިއަށްދިއުމުގެ މަގު ތަނަވަސްވެގެންދާނެ އެވެ.

މެސެޖު ނިންމަވާލައްވަމުން ރައީސް މުޢިއްޒު އިލްތިމާސް ކުރެއްވީ، ކުޅިވަރުގެ ސިންދަފާތު އިތުރުކޮށް، ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދީ، ޤައުމީ ތަރައްޤީއަށް ކުރާ މަސައްކަތުގައި ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ އެންމެން ބައިވެރިވުމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ