މުޝްފިޤް ހޯދުމަށް 133 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފި، އަދިވެސް ނުފެނޭ!

Advertisement

Advertisement

އެންމެ ފަސް

Advertisement

ހޮޅުދޫ ބޯޓުގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލިގެން ހޯދަމުންދާ ޢަލީ މުޝްފިޤް ޝަރީފް ހޯދުމަށް މިހާތަނަށް 133 އަކަނޯޓިކަލް މޭލުގެ ސަރަޙައްދެއް ބަލާފައިވާކަމަށް ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) އިން ހާމަކޮށްފި އެވެ.

އެމްއެންޑީއެފުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، ކަނޑާއި ވައިގެ މަގުން ބެލި 133 އަކަނޯޓިކަލް މޭލުގެ ސަރަހައްދުގެ އިތުރުން، ޑައިވްކޮށްގެން 143,880 އަކަމީޓަރުގެ ސަރަހައްދެއް ވަނީ ބަލާފަ އެވެ. އަދި ވައިގެ މަގުން 5,000 އަކަކިލޯ މީޓަރުގެ ސަރަހައްދެއްވެސް ބަލާފައިވާ ކަމަށް އެފަރާތުން ފާހަގަކުރެއްވި އެވެ. ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން މުޝްފިޤްގެ އެއްވެސް ހޯދުމެއް ލިބިފައެއް ނުވެ އެވެ.

ބުދަ ދުވަހުގެ ރޭ ތ. ހިރިލަންދޫން މާލެއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ”ހޮޅުދޫ ބޯޓު“ ގައި އަލިފާން ރޯވުމާ ގުޅިގެން ސަލާމަތްވުމަށް ކަނޑަށް ފުންމާލި ފަހުން، ލ. މާވަށަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ ޢަލީ މުޝްފިޤް މުޙައްމަދު ޝަރީފްގެ އެއްވެސް ޚަބަރެއް ލިބިފައެއް ނުވެ އެވެ.

އެ ބޯޓުގައި ދަތުރުކުރި ކެޕްޓަނާއެކު 18 މީހުންގެ ތެރެއިން މުޝްފިޤް ފިޔަވައި އެހެން އެންމެން ވަނީ ސަލާމަތްކުރެވިފަ އެވެ. އަދި އަލިފާނުގެ ހާދިސާގައި ހޮޅުދޫ ބޯޓު ވަނީ އަޑިއަށް ގޮސްފަ އެވެ. އެހެންނަމަވެސް ބޯޓުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު ކަމާބެހޭ ފަރާތްތަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

އެމްއެންޑީއެފުން ދަނީ މުޝްފިޤް ހޯދުމަށް ކަނޑާއި ވައިގެ މަގުން ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަން ކުރިއަށް ގެންދަވަމުން ނެވެ.

އެމްއެންޑީއެފް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ