ހުޅުމާލޭގައި ޕިކްނިކް ބާއްވަން ވަކި ހުއްދައެއް ނަގާކަށް ނުޖެހޭނެ، ހުއްދަ ނަގަން ޖެހޭނީ ތަކެތި ބަހައްޓަން: އެޗްޑީސީ

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލޭގެ އާންމު ސަރަހައްދުތަކުގައި ޕިކްނިކް ބޭއްވުމަށް ވަކި ހުއްދައެއް ނަގަން ނުޖެހުނު ނަމަވެސް ޕިކްނިކަށް މޭޒު ނުވަތަ ގޮނޑި ގެންދާނަމަ، ނުވަތަ ފޮޓޯ ނެގުމަށް ބެކްޑްރޮޕެއް ބަހައްޓާނަމަ، ހުއްދަ ހޯދަންޖެހޭނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީގެ މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސްގެ ޑިޕާޓްމަންޓް ހެޑް، ހަސަން ޝަހީދު ވިދާޅުވި ގޮތުގައި، އާންމު ސަރަޙައްދުތައް ބޭނުންކުރުމާއި ކުއްޔަށް ދޫކުރުމާ ގުޅޭ ގޮތުން އެ ކުންފުނިން އެކުލަވާލާފައިވާ ގައިޑްލައިނެއް އެބައޮތެވެ. ”މި ގައިޑްލައިންގައި ސާފުކޮށް ބަޔާންކޮށްފައިވާ ގޮތުން، އާންމުންނަށް ޕިކްނިކް ބޭއްވުމުގެ ހުއްދަ ވަނީ ދީފަ، އެކަމަށް އެޗްޑީސީން ހުއްދައެއް ނަގާކަށް ނުޖެހޭނެ,“ އޭނާ ވިދާޅުވިއެވެޅުވިއެވެ.

ހަސަން ޝަހީދު އިތުރަށް ވިދާޅުވި ގޮތުގައި، މި ގަވާއިދު ހުރިހާ އާންމު ސަރަޙައްދުތަކަށާއި، ޕާކުތަކަށާއި އަދި ގޮނޑުދޮށްތަކަށްވެސް ހިނގާނެއެވެ. އެހެންނަމަވެސް، އޭނާ ފާހަގަކުރެއްވި ގޮތުގައި އެޗްޑީސީގެ އިންސްޕެކްޓަރުން ދަނީ ހުޅުމާލެ ސާފުތާހިރުކޮށް ބެލެހެއްޓުމަށް މަސައްކަތްކުރަމުންނެވެ.

”މި މަސައްކަތުގެ ތެރެއިން، ބައެއް ކަންކަން އޮޅުންފިލުވުމަށާއި ހިނގަމުންދާ ކަންކަން ރަނގަޅަށް ދެނެގަތުމަށްޓަކައި އާންމުންނާ ވާހަކަދައްކަން ޖެހިދާނެ. އަދި ބައެއް ހާލަތްތަކުގައި، ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި، ޒިންމާދާރު ފަރާތެއްގެ ގުޅޭނެ ނަންބަރެއް ހޯދަން ޖެހިދާނެ,“ ހަސަން ޝަހީދު ވިދާޅުވިއެވެ.

ހުޅުމާލޭގައި މިފަހަކަށް އައިސް ޕިކްނިކްތައް ބާއްވާ މިންވަރު އިތުރުވެގެން ދިޔަ އިރު ޕިކްނިކްތައް ބާއްވާ ސަރަހައްދުތަކަށް ކުނި އަޅާ މައްސަލަ ވަނީ ވަރަށް ބޮޑަށް ފެންމަތިވެފަ އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ