ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ހަވީރު ކަރަންޓު ކެނޑިގެންދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފި އެވެ.
ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި، ކަރަންޓު ކަނޑާލުމަށް ހަމަޖެހިފައިވަނީ ހަވީރު 18:00 އިން 18:15 އަށެވެ. މި ވަގުތުގައި ކަރަންޓު ކެނޑިގެންދާނެ ސަރަހައްދުތަކުގެ ތެރޭގައި ހުޅުމާލޭ ފޭސް 1 ގެ ނެއިބާހުޑް 1 އަދި 2 އާއި، ފޭސް 2 ގެ ހިޔާ ފްލެޓް 9 އަދި 16 ހިމެނެ އެވެ.
މީގެއިތުރުން، ހުޅުމާލޭ ފޭސް 2 ގައި ހުންނަ ދިރާގު ސީއެލްއެސް ބިލްޑިންގ އިންވެސް އެ ވަގުތު ކަރަންޓު ކެނޑިގެންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދީފައިވެ އެވެ.
ސްޓެލްކޯއިން ހާމަކުރި ގޮތުގައި، މި ކަރަންޓު ކެނޑުން އަންނަނީ އެ ކުންފުނިން ކުރިއަށް ގެންދާ ޑިސްޓްރިބިއުޝަން ނެޓްވޯކުގެ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައެވެ.
އެހެންނަމަވެސް، މި މަސައްކަތާ ގުޅިގެން ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފަ އެވެ. އަދި މި ކުޑަ ވަގުތުކޮޅުގައި ކެތްތެރިވެ ދެއްވުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައިވެ އެވެ.



