”ހޮޅުދޫ ބޯޓު“ގެ ބައިތައް އޮޔާދާތީ އެ ސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފި

Advertisement

އެންމެ ފަސް

Advertisement

”ހޮޅުދޫ ބޯޓު“ ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއްގައި ރޯވެގެން، އެ ބޯޓުގެ ބައިތައް އޮޔާދާތީ އެ ސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސްކޮށްފި އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ބޯޓުން ދަތުރުކުރަމުންދިޔަ 18 މީހުންގެ ތެރެއިން 17 މީހުން ވަނީ ސަލާމަތްކޮށްފައި ކަމަށެވެ. އަދި ލ.މާވަށު، އުމުރުން 25 އަހަރުގެ ޢަލީ މުޝްފިޤް ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑާއި އެ ސަރަޙައްދުގެ ގިނަ އުޅަނދުތަކެއް ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

މި ހާދިސާގައި އަލިފާން ރޯވި ބޯޓު އަޑިއަށް ގޮސްފައިވަނީ ދަންވަރު 02:07 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

 

އެމްއެންޑީއެފް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ