އޯޓިޒަމް ހުންނަ ފަރާތްތަކަށް ހާއްސަ ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ހެލްތް މިނިސްޓްރީން ނިންމައިފި އެވެ.
ހެލްތް މިނިސްޓްރީން ބުނެފައިވަނީ މި ޕްރޮގްރާމްތަކަކީ ދުނިޔޭގެ އޯޓިޒަމް ހޭލުންތެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގެ ތެރެއިން ބައެއް ކަމަށެވެ.
ހެލްތް މިނިސްޓްރީން ބުނީ މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގްސަދަކީ އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، އަވަހަށް ފަރުވާ ފެށުމުގެ މުހިންމުކަން ފާހަގަކޮށް، އޯޓިޒަމް ހުންނަ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކަށް ހިދުމަތް ދިނުމުގައި އާއި އެހީތެރިވެދޭ ނިޒާމުތައް ހަރުދަނާ ކުރުން ކަމަށެވެ. މިއަހަރުގެ ޝިއާރަކީ ”ނިއުރޯޑައިވަރސިޓީ އާއި އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ކުރިއެރުވުން“ ކަމަށް ހެލްތް މިނިސްޓްރީން ބުނެފައިވެއެވެ.
ދުނިޔޭގެ އޯޓިޒަމް ހޭލުންތެރިކަމުގެ ދުވަސް ފާހަގަކުރުމަށްޓަކައި މިއަހަރު ހިންގާ ހަރަކާތްތަކުގެ ތެރޭގައި މީޑިއާ ކެމްޕެއިނެއް ހިންގުމާއި، މިދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކުގެ މެދުގައި ޕެނަލް މަޝްވަރާކުރިއަށް ގެންދިއުމާއި، ގުޅުން ހުރި ދާއިރާތަކާއި އަދި ގުޅުންހުރި ފަންނީ ބޭފުޅުންނާއި އަދި އޯޓިޒަމްހުންނަ ފަރާތްތަކުގެ ބެލެނިވެރިންނާއި އެކު ރައުންޑް ޓޭބަލް މަޝްވަރާ ބައްދަލުވުން ބޭއްވުން ހިމެނެއެވެ.
ސިއްހީ ހިދުމަތްދޭ ފަރާތްތަކަށް ހާއްސަ ތަމްރީން ޕްރޮގްރާމްތައް ވެސް ފަރުމާކޮށް ބޭއްވުމަށް ވަނީ ނިންމާފައެވެ.