ދުންފަތް ވިއްކާ ވިޔަފާރިތަކުން އިދިކޮޅުގެ މުޒާހަރާތަކަށް ފަންޑުކުރޭ: ރައީސް

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގައި ދުންފަތުގެ ވިޔަފާރި ކުރާ ކުންފުނިތަކުން އިދިކޮޅު ސިޔާސީ ޕާޓީތަކުގެ މުޒާހަރާތަކަށް ފަންޑުކުރާަކަމަށް ރައީސުލްޖުުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ދުންފަތުގެ ބާވަތްތައް މަނާކޮށް، ދުންފަތުން ރައްޔިތުން ދުރުކުރުމަށް ކުރަމުން އަންނަ މަސައްކަތް ސިޔާސީކުރާކުރުމާއި ގުޅޭގޮތުން ”ރައްޔިތުންނާއެކު“ ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު މަސައްކަތް ކުރައްވަމުންގެންދަވަނީ ދުންފަތުން ރައްޔިތުން ދުރުކޮށް، ރައްޔިތުންގެ ސިއްހަތު ރައްކާތެރިކުރުމުގެ މަސައްކަތެވެ. އެގޮތުން ޅަ ދަރިންނާއި، ޒުވާނުން މި ނުރަނގަޅު އާދައަށް ދިއުމަށް ދޫކޮށްލައިގެން ތިބުމަކީ އެމަނިކުފާނަށް ގަބޫލުފުޅުކުރެއްވޭ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ދުންފަތުން ރައްޔިތުން ދުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތް ވަރަށް ބޮޑަށް ސިޔާސީކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

”އަޅުގަނޑުމެން ބަލާލާއިރު، ސިނގެރޭޓްވެސް ވިއްކުމުގަ މި އުޅެނީ އަޅުގަނޑުމެންނާ އިދިކޮޅު ފިކުރުގެ މީހުން. އެ މީހުން އެބަ މުޒާހަރާތަކަށްވެސް އެހީދޭ އެބަ.“

ރައީސް ވިދާޅުވީ ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން ބޭނުންވަނީ ދުންފަތް މަނާކުރުމަށް ސަރުކާރުން ކުރާ މަސައްކަތް ނިމުމަކަށް ގެންނަން ކަމަށެވެ. އަދި އެ މަސައްކަތަށް އެ ފަރާތްތަކުން ފަންޑުކުރާކަމުގެ މައުލޫމާތުވެސް ލިބިވަޑައިގެންފައިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އެދިވަޑައިގަތީ ވިޔަފާރިތަކުން ދުންފަތް ވިއްކުމާއި ދުރުހެލިވާން

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ދުންފަތުގެ ބާވަތްތަކުގެ އަގު ބޮޑުކުރުމުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުން އެކަމުން ސަލާމަތްކުރުމެވެ. ”މިއީ ފަހަރަކު ތަންކޮޅެއް ޓެކްސް ބޮޑުކޮށްގެން ވާނެ ކަމެއް ނޫން. އެހެން އެކަން ކޮށްފިނަމަ އެއީ ސިނގިރޭޓު އެތެރެކުރާ ފަރާތްތަކަށް އޭގެ އަގު ބޮޑުވާ ބައި ހަމަޖައްސައިގެން ވިއްކަމުން ގެންދިއުމުގެ ފުރުޞަތެއް ކަމަށް ވެގެންދާނެ،“ ރައީސް ވިދާޅުވިއެވެ.

ރާއްޖެއަކީ މިލިއަނުން މީހުން ދިރިއުޅޭ ޤައުމެއް ނޫންކަން ފާހަގަކުރައްވައި، މިފަދަ ކުޑަ މުޖުތަމަޢެއްގައި ދުންފަތުގެ ވިޔަފާރި ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ. އަދި ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުހެލިވުމަށް އެންމެހައި ރައްޔިތުންނަށް ގޮވާލެއްވި އެވެ.

”އަޅުގަނޑު އެދެން ސިނގެރޭޓް އެތެރެކޮށް، ވިއްކާ ފަރާތްތަކުން އެހެންކަމަކާ އުޅެން. އެ ވިޔަފާރި ދޫކޮށްލަން. މިއީކީ ކުރާވަރުގެ ކަމެއް ނޫނޭ.“

ޒުވާނުން ދުންފަތުން ދުރުކުރުމަށް ރައީސްގެ 3 ހިޔާލެއް

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ގޮތުގައި 18 އަހަރު ފުރުމުުގެ ކުރިން ޒުވާނުން ދުންފަތުގެ ވަބާއިން ސަލާމަތްކުރުމަކީ އެންމެ ރަނގަޅުގޮތް ކަމަށެވެ. އެގޮތުން ރައީސް މުއިއްޒު ވިދާޅުވީ ޒުވާނުން ދުންފަތުން ދުރުކުރުމަށް ބޭންޑެއް ކަނަޑައެޅުމަށް އެކަމުގެ ދިރާސާކޮށް ކަރުދާހެއް ތައްޔާރުކުރަން ހެލްތް މިނިސްޓަރާއި ހަވާލުކޮށްފައިވާ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ޒުވާނުންނަށް ދުންފަތް މަނާކުރަން ބޭންޑެއް ކަނޑައަޅަން 3 ގޮތެއް މަޝްވަރާކުރައްވަމުން އަންނަ ކަމަށެވެ. އެގޮތުން އެ މަނިކުފާނު ހުށައަޅުއްވާ ގޮތްތަކަކީ؛

  • 2007 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
  • 2004 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
  • 2000 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން

ރައީސުލްޖުމްހޫރިއްޔާ ވަނީ މި ތިން ގޮތް ހުށައެޅުއްވުމުގެ ފަހަތުގައިވާ ސަބަބުވެސް ހާމަކުރައްވާފައެވެ. އެގޮތުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ އުމުރުފުރާގެ މީހުން، ނުވަތަ ޒުވާނުން އެކަމުގެ ތެރޭގައި އެހާ ގިނަ ދުވަސް ނުވަނީސް، އެ ވަބާއިން ސަލާމަތް ކުރަން ފަސޭހަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ސަރުކާރުން ބޮޑުކޮށްފައިވާއިރު، މިދިޔަ އަހަަރު ސަރުކާރުން ވަނީ ރާއްޖެއަށް ވޭޕްގެ ބާވަތްތައް އެތެރެކުރުމާއި، ވޭޕް ބޭނުންކުރުން އެއްކޮށް މަނާކޮށްފަ އެވެ. އަދި ސިނގެރޭޓް ވިއްކާނެ އުމުރު 21 އަށް ވަނީ ބޮޑުކޮށްފަ އެވެ. އެހެންކަމުން މިހާރު 21 އަހަރުން ދަށުގެ ކުދިންނާ މީހުންނަށް ސިނގެރޭޓް ވިއްކުންވެސް ވަނީ މަނާކޮށްފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދުންފަތް ކޮންޓްރޯލްކުރުމާއި، ވޭޕް މަނާކުރުން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ