ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިތަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފި އެވެ.
ރައީސް މުއިއްޒު މިފަދައިން ގޮވާލެއްވީ ”ރައްޔިތުންނާ އެކު“ ޕޮޑްކާސްޓް ސިލްސިލާގެ ދެވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ދުންފަތުގެ ބާވަތްތަކުގެ އަގު ބޮޑުކުރުމުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުން އެކަމުން ސަލާމަތްކުރުމެވެ. ”މިއީ ފަހަރަކު ތަންކޮޅެއް ޓެކްސް ބޮޑުކޮށްގެން ވާނެ ކަމެއް ނޫން. އެހެން އެކަން ކޮށްފިނަމަ އެއީ ސިނގިރޭޓު އެތެރެކުރާ ފަރާތްތަކަށް އޭގެ އަގު ބޮޑުވާ ބައި ހަމަޖައްސައިގެން ވިއްކަމުން ގެންދިއުމުގެ ފުރުޞަތެއް ކަމަށް ވެގެންދާނެ،“ ރައީސް ވިދާޅުވިއެވެ.
ރާއްޖެއަކީ މިލިއަނުން މީހުން ދިރިއުޅޭ ޤައުމެއް ނޫންކަން ފާހަގަކުރައްވައި، މިފަދަ ކުޑަ މުޖުތަމަޢެއްގައި ދުންފަތުގެ ވިޔަފާރި ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ. އަދި ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުހެލިވުމަށް އެންމެހައި ރައްޔިތުންނަށް ގޮވާލެއްވި އެވެ.
ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ސަރުކާރުން ބޮޑުކޮށްފައިވާއިރު، މިދިޔަ އަހަަރު ސަރުކާރުން ވަނީ ރާއްޖެއަށް ވޭޕްގެ ބާވަތްތައް އެތެރެކުރުމާއި، ވޭޕް ބޭނުންކުރުން އެއްކޮށް މަނާކޮށްފަ އެވެ. އަދި ސިނގެރޭޓް ވިއްކާނެ އުމުރު 21 އަށް ވަނީ ބޮޑުކޮށްފަ އެވެ. އެހެންކަމުން މިހާރު 21 އަހަރުން ދަށުގެ ކުދިންނާ މީހުންނަށް ސިނގެރޭޓް ވިއްކުންވެސް ވަނީ މަނާކޮށްފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދުންފަތް ކޮންޓްރޯލްކުރުމާއި، ވޭޕް މަނާކުރުން
