ރަސްދޫގައި ފިހުނު އަންހެން މީހާ ނިޔާވެއްޖެ

Advertisement

އެންމެ ފަސް

Advertisement

އއ. ރަސްދޫގެ ގެއެއްގެ ކޮޓަރިއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އަންހެން މީހާ ނިޔާވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެން މީހާ ނިޔާވީ މިރޭ 19:17 ގައި އެވެ. އަދި ފިރިހެން މީހާއަށް އަދިވެސް ފަރުވާ ދެމުން ދަނީ އައިސީޔޫގައި އެެވެ.

މި މަހުގެ 27 ގައި ހިނގި މި ހާދިސާގައި ފިހިފައިވަނީ އުމުރުން 31 އަހަރުގެ ދެމީހުންނެވެ. މީގެ ތެރެއިން އަންހެން މީހާ މީގެ އިރުކޮޅެއް ކުރިން ނިޔާވިއިރު، ފިރިހެން މީހާގެ ހާލު އަދިވެސް ސީރިއަސްއެވެ.

އެ ދެ މީހުންގެ ވެސް ހަށިގަނޑުގެ ބޮޑު ބައެއް ވަނީ ފިހިފައެވެ. އެގޮތުން، އަންހެން މީހާގެ ހަށިގަނޑުގެ %83 އަދި ފިރިހެން މީހާގެ %78 ވަނީ ފިހިފައިވާކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އަލިފާނުގެ ހާދިސާ ހިނގީ ނިދާ ކޮޓަރީގައެވެ. އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

އއ. ރަސްދޫ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ