ގއ. މާމެންދޫގެ އިހްތިސާސްގައި އެ އަތޮޅު ހުޅިމެންދޫ ހިމެނުއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް މުއިއްޒު އެގޮތަށް ނިންމަވާފައިވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން، އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހްތިސާސް ކަނޑައެޅުމަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން، ހޮނިހިރު ދުވަހު ނެރުއްވި ގަރާރަކުންނެވެ.
ހުޅިމެންދޫ އަކީ މާމެންދޫއާ އެއްފަޅެއްގައި އޮންނަ ރަށެެކެވެ.
މީގެ ކުރިންވެސް މާމެންދޫގެ އިހުތިސާސްގެ ތެރޭގައި އޮންނަ ހުޅިމެންދޫ އުނިކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ.
އޭރު އެރަށް އުނިކުރީ ފަތުރުވެރިކަމަށް ދޫކުރުމަށެވެ.
