އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް އައިޓީ ޓެކްނީޝަކު ހޯދަން އިއުލާނު ކޮށްފި އެވެ.
މިފްކޯއިން ބުނީ، ހުޅުމީދޫގައި ހުންނަ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް އައިޓީ ޓެކްނީޝަނަކު ބޭނުންވާ ކަމަށާއި މި މަގާމަށް ބޭނުންވަނީ އެންމެ މީހެއް ކަމަށެވެ.
އަންނަ މަހުގެ 5 ވަނަ ދުވަހުގެ މެންދުރު 14:00 އަށް މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖުމްލަ މުސާރައަކީ 15،671 ރުފިޔާ ކަމަށް ވަނީ ބުނެފަ އެވެ.
މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ސޮފްޓްވެއާ ޑިވެލޮޕްމެންޓް ނުވަތަ އައިޓީ، ކޮމްޕިއުޓަރ ސައިންސް ނުވަތަ މި ނޫން ވެސް ގުޅުން ހުރި ދާއިރާއަކުން ޑިލްލޮމާއެއް އޮތުން، މަދުވެގެން ދެ އަހަރުގެ ތަޖުރިބާ ހުންނަން ޖެހޭނެ ކަމަށް މިފްކޯއިން ވަނީ ބުނެފަ އެވެ.
މިފްކޯއިން ބުނީ، މަގާމަށް ކުރިމަތިލާ ފަރާތްތަކުން އައިޑީ ކާޑު ކޮޕީ، ސީވީ (ކުރިން އަދާކުރި ވަޒީފާ އެނގޭގޮތަށް)، ތައުލީމާއި ތަމްރީނުތަކުގެ ސެޓްފިކެޓް، ކުރިން މަސައްކަތް ކުރި ތަނެއްގެ ރިފަރެންސް ލެޓާ، މަގާމަށް ކުރިމަތިލާ ކަމުގެ ސިޓީގެ އިތުރުން ޕިލިސް ސެޓްފިކޭޓް މެއިލް ކުރެވޭނެ ކަމަށެވެ.
