ރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރައްވައިފި

Advertisement

އެންމެ ފަސް

Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން މިއަދު ހެނދުނު އީދު ސަލާމް ކުރައްވައިފި އެވެ.

އީދު ނަމާދަށްފަހު، ރައީސްގެ ދެކަނބަލުންނާ އީދު ސަލާމް ކުރަން، ގިނަ އަދަދެއްގެ އާންމުން ވަނީ ރިޔާސީ ގަނޑުވަރު މުލިއާގެއަށް ގޮސްފަ އެވެ.

މީގެ އިތުރުން، ހެނދުނު 9:00 އިން 11:00 އަށް ކުރިއަށްދިޔަ ހަރަކާތުގައި، ވަޒީރުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ދައުލަތުގެ ބައެއް ވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

މިއަދު ހަވީރުން ފެށިގެން މާލޭގެ އިތުރުން އަތޮޅު ތެރޭގައި ވެސް އީދު ފާހަގަކުރުމުގެ ކުލަގަދަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.

އީދު ދުވަހުގެ ތަހުނިޔާ މެސެޖުގައި ރައީސް ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރާނީ އިސްލާމްދީނުގެ މަތިވެރި ޝިއާރުތައް އުފުލުމުގައި ނަމޫނާ ގައުމަކަށް ދިވެހި ރާއްޖެ ހެދުމަށް ކަަމަށެވެ.

އީދުގެ އުފާ ލިބިގަތުމުގައި ރަށްރަށް ދިއްލުމާއި ތަކުބީރުގެ އަޑު ގުގުމާނެހެން އިންތިޒާމުތައް ހަމަޖެއްސަނީ ވެސް އެ ބޭނުމުގައި ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މިއަދު މަސައްކަތް ކުރަންވީ އީދު ދުވަހަކީ ހެޔޮ ފޯރުވުމުގެ ދުވަހަކަށް ހެދުމަށް ކަަމަށެވެ. ހާއްސަކޮށް އީދު ދުވަހަކީ ކުޑަކުދިންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދޭ ދުވަހަކަށް ހަދަން ވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ފިތުރު އީދު ދުވަސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ