ރާއްޖޭގެ 10 ރަށެއްގައި ސިއްހީ ހިދުމަތްދޭ އިމާރާތްތައް އެޅުމަށް ކުންފުނިތަކާ ހަވާލުކޮށްފި އެވެ.
ހެލްތު މިނިސްޓްރީން ރޭ ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއުތަށް ހަވާލުކޮށްފައި ވަނީ ބައެއް ރަށްރަށުގައި ސިއްހީ މަރުކަޒާއި ހޮސްޕިޓަލްގެ އާ އިމާރާތްތައް އެޅުމަށެވެ.
މި މަސައްކަތްތައް ކުރުމަށް ހަވާލުކޮށްފައި ވަނީ ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ފެނަކަ ކޯޕަރޭޝަނާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ އެވެ.
އާރްޑީސީއާ ހަވާލުކޮށްފައި ވަނީ ދެ ރަށެއްގައި ސިއްހީ ހިދުމަތްދޭ އިމާރާތް އެޅުމަށެވެ. މިތަންތަން އެޅުމަށް ހަވާލުކޮށްފައި ވަނީ 540 ދުވަހުގެ ތެރޭގަ އެވެ. އެއީ؛
- ނ. ވެލިދޫ ހޮސްޕިޓަލްގެ އާ އިމާރާތް – 108.2 މިލިއަން ރުފިޔާ
- އދ. ފެންފުށި ސިއްހީ މަރުކަޒުގެ އާ އިމާރާތް – 26.8 މިލިއަން ރުފިޔާ
މީގެ ތެރެއިން ކުޑަރިކިލު ސިއްހީ މަރުކަޒު އަޅަން ހަވާލުކޮށްފައި ވަނީ 365 ދުވަހުންނެވެ. ކޮނޑޭ އަދި ނަޑެއްލާގެ ސިއްހީ މަރުކަޒުގެ އާ އިމާރާތް އެޅުމަށް ހަވާލުކޮށްފައި ވަނީ 300 ދުވަހުގެ ތެރޭގަ އެވެ.
އެގޮތުން، ހެލްތު މިނިސްޓްރީން ވަނީ ފަސް ރަށެއްގައި ސިއްހީ ހިދުމަތްދޭ ތަންތަން އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. އެއީ؛
- ހދ. ނެއްލައިދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތް – 11.1 މިލިއަން ރުފިޔާ
- ށ. މިލަންދޫ ހޮސްޕިޓަލުގެ އާ އިމާރާތް – 110.8 މިލިއަން ރުފިޔާ
- ކ. ތުލުސްދޫ ހޮސްޕިޓަލުގެ އާ އިމާރާތް – 110.7 މިލިއަން ރުފިޔާ
- އއ. ރަސްދޫ ހޮސްޕިޓަލުގެ އާ އިމާރާތް – 185.5 މިލިއަން ރުފިޔާ
- ގއ. ވލިނގިލި ހޮސްޕިޓަލުގެ އާ އިމާރާތް – 185.5 މިލިއަން ރުފިޔާ
އެމްޓީސީސީއާ ހަވާލުކޮށްފައިވާ އިމާރާތްތަކުގެ ތެރެއިން ނެއްލައިދޫ ސިއްހީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 450 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މިލަންދޫ އަދި ތުލުސްދޫ ހޮސްޕިޓަލު 600 ދުވަހުން އަދި ރަސްދޫ އާއި ވިލިނގިލި ހޮސްޕިޓަލުގެ އާ އިމާރާތް ނިންމަން ހަވާލުކޮށްފައި ވަނީ 780 ދުވަހުންނެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) މިނިސްޓްރީ އޮފް ހެލްތް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ފެނަކަ
