ބިންހެލުމާއި ގުޅިގެން ރައީސްގެ ތައުޒިޔާ ތައިލެންޑަށް

Advertisement

އެންމެ ފަސް

Advertisement

ދެކުނު އިރުމަތީ އޭޝިޔާ ބައްރަށް އައި ބިންހެލުމާ ގުޅިގެން ތައިލެންޑާ އެ ސަރަހައްދުގެ އެތައް ބައެއްގެ ފުރާނަ ގެއްލި، ގިނަ އަދަދެއްގެ މީހުން ޒަހަމްވެފައިވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ތައިލެންޑުގެ ބޮޑުވަޒީރު ޕެޓޮންޓާން ސިނޮވަޓްރައަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

ބިންހެލުންތައް އައިސްފައި ވަނީ މިޔަންމާގެ ދެ ވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ މަންޑަލޭގެ 17 ކިލޯމީޓަރު ދުރަށެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނާ ގޮތުގައި 7.7 މެގްނިޓިއުޑްގެ ބިންހެލުން އައީ އެ ސަރަހައްދުގެ ބިންގަނޑުގެ 10 ކިލޯމީޓަރު އަޑިއަށެވެ.

ބިންހެލުން އައިސްފައި ވަނީ މިޔަންމާ ގަޑިން އިއްޔެ މެންދުރު 12:50 ހާއިރު އެވެ.

މި ބިންހެލުމާއި ގުޅިގެން ތައިލެންޑްގެ ބޮޑުވަޒީރަށް އެމަނިކުފާނު ފޮނުއްވި މެސެޖުގައި ވަނީ، އެ ކާރިސާގައި މަރުވި މީހުންގެ އާއިލާތަކާއި ގެއްލުންލިބުނު މީހުންނަށް އިހްލާސްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފަ އެވެ.

އަދި ގެއްލިފައިވާ މީހުން ހެޔޮޙާލުގައި ތިއްބާ ފެނުމަށާއި، ޒަހަމްވެފައިވާ މީހުންނަށް އަވަސް ޝިފާއެއް ދެއްވުން އެދިވަޑައިގަންނަވާކަމަށް އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.

ކާރިސާގެ މި ދަނޑިވަޅުގައި ދިވެހި ރައްޔިތުން ތިބީ ތައިލެންޑްގެ ރައްޔިތުންނާއި އެކުގައިކަން ހާމަކުރައްވާފަ އެވެ.

އަދި މީހުން ސަލާމަތްކުރުމުގެ މަސައްކަތާއި، ގެއްލުން ލިބުނު ސަރަހައްދު އަލުން އާރާސްތުކުރުމުގެ މަސައްކަތް އޮމާންކަމާއެކު ކުރިއަށްދާނޭ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބެންކޮކް ތައިލެންޑް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ