ތެލެސީމިއާ ސެންޓަރުގެ މަސައްކަތް ސިފައިން ފަށައިފި

Advertisement

އެންމެ ފަސް

Advertisement

ސަރުކާރުގެ ހުޅުމާލޭގައި ތަރައްގީކުރާ ތެލެސީމިއާ ސެންޓަރުގެ ނިންމުމުގެ މަސައްކަތް ސިފައިން ފަށައިފި އެވެ.

އެތަނުގެ މަސައްކަތް ކުރުމަށް ހަވާލުކުރި ކުންފުނިން މަސައްކަތުގެ ދެބައިކުޅަ އެއްބައި ވެސް ނިންމާފައި ނުވެއެވެ. އަދި އެ ކުންފުންޏާއިއެކު ވެފައިވާ އެއްބަސްވުން ވެސް މިހާރު ވަނީ ހަމަވެފައެވެ. އެމްއެންޑީއެފް އިން ވިދާޅުވީ ހުޅުމާލޭގަ ހުންނަ އޮރެންޖު ހިޔާ އަށް ތެލެސީމިއާ ސެންޓަރު އަވަހަށް ބަދަލުކުުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމުން ސިފައިން އެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.

އަދި މި މަސައްކަތް ސިފައިންނާއި ހަވާލުކޮށްފައި ވަނީ މަސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ. ރައީސް ވަނީ އޮރެންޖް ހިޔާއަށް ތެލަސީމިއާ ސެންޓަރުގެ ޚިދުމަތް ބަދަލުކުރުމުގެ ކަންކަން ރަނގަޅަށް އަދި ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަވާނެ ގޮތަށް ކުރިއަށްގެންދިއުމަށް އިރުޝާދު ދެއްވާފައެވެ.

އަދި އޮރެންޖް ހިޔާއިން ތެލަސީމިއާގެ ޚިދުމަތް ފޯރުކޮށްދޭން ފެށުމުން ޚިދުމަތް ހޯދާފަރާތްތައް އެތަނަށް ދަތުރުކުރުމަށް، އެމް.ޓީ.ސީ.ސީގެ ބަސްހުއްޓިއެއް ހަމަޖެއްސުމާއެކު ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ތެލިސީމިއާ ސެންޓަރުގެ މަސައްކަތް ހަރުދަނާ ކުރުމަށް ނިންމެވި ބައެއް ކަންތައްތައް:

  • ތަނަށް ބޭނުންވާ ނަރުހުން އިތުރުކުރުން
  • އެކި ސާމާނުތައް ހޯދުން
  • ސީނިއާ ފިޒީޝަނެއް ހަމަޖެއްސުން
  • ލެބޯޓްރީއަށް ބޭނުންވާ ވަސީލަތްތަކާއި މުވައްޒަފުން ހޯދުން
  • މަސައްކަތުގެ ގަޑިއިތުރުކޮށް ހިއުމަން ރިސޯސް އިތުރުކުރުން

ތެލެސީމިއާ ސެންޓަރެއްގެ ގޮތުގައި ހުޅުމާލޭގައި ސަރުކާރުން ތަރައްގީކުރަން ނިންމާފައިވާ ކޮވިޑް-19 ގެ ދުވަސްވަރުގައި ބޭނުންކުރި އޮރެންޖް ބިލްޑިންނެވެ.

އެމްއެންޑީއެފް ތެލެސީމިއާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ