ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމާއި ތަމްރީން ހޯދަން ދޫކުރާ އަދި ދޫ ކޮށްފައިވާ ލޯނު ތަކަކީ ޝަރީއާ ކޮމްޕްލަޔަންޓް ލޯނުތަކަށް ހެއްދެވުމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ، ’އެކްސް‘ ގައި ރޭގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެމަނިކުފާނު އިރުޝާދު ދެއްވި ކަންކަމުގެ ތެރޭގައި، ކުރިން ލޯނު ނަގާއިފައިވާ ފަރާތްތަކުން ދައްކަން ހުންނަ ފައިސާއިން އެޑްމިނިސްޓްރޭޓިވް ފީ އުނިކޮށް ދަރިވަރުންގެ ލޯނު އަދަދުތައް އަލުން އެޖަސްޓްކުރުން ހިމެނެ އެވެ.
މީގެއިތުރުން ލޯނާއެކު ހިމެނިފައިވާ %1 އެޑްމިނިސްޓްރޭޓިވް ފީ ގެ ގޮތުގައި ނަގަމުންދާ އަދަދު އެއްކޮށް އުނިކުރުމަށް އަންގަވާފައިވާއިރު ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް މިންވަރެއް އިތުރަށް ޗާޖް ނުކުރުމަށް އެމަނިކުފާނު އިރުޝާދު ދެއްވި އެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމާއި ތަމްރީން ހޯދަން ދޫކުރާ އަދި ދޫ ކޮށްފައިވާ ލޯނު ތަކަކީ، އިސްލާމީ ހަމަތަކަށް ފެތޭ، ”ޝަރީޢާ ކޮމްޕްލަޔަންޓް“ ލޯނުތަކަކަށް ހެދުމަށްޓަކައި ރައީސް ވަނީ ކަމާ ބެހޭ ފަރާތްތަކަށް އިރުޝާދު ދެއްވައި އެކަންކަން ތަންފީޒު ކުރެއްވުމަށް އަންގަވާފަ އެވެ.
މިކަމަށް ވަނީ ގިނަ ބަައެއްގެ ތައުރީފުވެސް ރައީސުލްޖުމްހޫރިއްޔާ އަށް ލިބިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސްޓޫޑަންޓް ލޯން
