އެމްއެމްޕީއާރުސީ އާއި ލިވަޕޫލް އެފްސީ ގުޅިގެން 2.5 މިލިއަން ޑޮލަރުގެ މާކެޓިން ކެމްޕޭނެއް ފަށަނީ

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ލިވަޕޫލް ފުޓްބޯލް ކްލަބް (އެލްއެފްސީ) ގުޅިގެން އިނގިރޭސިވިލާތުގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް 2.5 މިލިއަން ޑޮލަރުގެ، ބޮޑު މާކެޓިން ކެމްޕޭނެއް ފެށުމަށް ނިންމައިފި އެވެ.

އެމްއެމްޕީއާރުސީން ހާމަކުރި ގޮތުގައި، މި ކެމްޕޭން ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާނެއެވެ.

މި ކެމްޕޭންގައި ހިމެނޭ މައިގަނޑު ބައިތަކުގެ ތެރޭގައި:

1. އައުޓްޑޯ އިޝްތިހާރުތައް:

  •  100 އަށް ވުރެ ގިނަ ޓެކްސީގައި ރާއްޖޭގެ އިޝްތިހާރު
  •  ލަންޑަންގެ މަގުތަކުގައި ދުއްވާ ބަސްތަކުގައި ރާއްޖޭގެ ރީތި މަންޒަރުތައް
  •  ލަންޑަންގެ އަންޑަގްރައުންޑްގައި އިޝްތިހާރުތައް
  •  ބޮޑެތި އެއަރޕޯޓުތަކާއި ބިޒްނަސް ކްލާސް ލައުންޖުތަކުގައި ރާއްޖޭގެ ރީތިކަން ދެއްކުން

2. ޑިޖިޓަލް މާކެޓިން ހަރަކާތްތައް:

  •  ލިވަޕޫލް އެފްސީގެ ލެޖެންޑުން ބައިވެރިވާ ޚާއްޞަ ހަރަކާތްތައް
  •  އިންޓަރެކްޓިވް ފޭން ޒޯން
  •  ގްލޯބަލް ޓްރޭޑް ޝޯތަކުގައި ޖޮއިންޓް އިވެންޓްތައް
  •  އެހެނިހެން އެންގޭޖިން ހަރަކާތްތައް

އެމްއެމްޕީއާރުސީން ބުނެފައިވަނީ މި ކެމްޕޭނަކީ ދެމެހެއްޓެނިވި ފަތުރުވެރިކަމަށް އިސްކަންދީ، ރާއްޖޭގެ ތަފާތު ތަޖުރިބާތަކާއި ހިތްގައިމު ރީތިކަން އިޝްތިހާރުކޮށް، ރާއްޖެ އަކީ އެންމެ ބޮޑު ޓްރެވެލް ޑެސްޓިނޭޝަނެއްގެ ގޮތުގައި ޕްރޮމޯޓްކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.

މީގެ ކުރިން މާރިޗު މަހު ބާލިންގައި ކުރިއަށް ގެންދިޔަ އައުޓްޑޯ އަދި ޓެކްސީ އިޝްތިހާރު ކެމްޕޭންތަކަށް އިންޑަސްޓްރީގެ އިސް ފަރާތްތަކުގެ ބޮޑު ތަރުހީބެއް ލިބިފައިވާކަން ވެސް އެމްއެމްޕީއާރުސީން ފާހަގަކޮށްފައިވެއެވެ.

މި ކެމްޕޭނުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ޚާއްޞަކޮށް އިނގިރޭސިވިލާތުން އަންނަ ފަތުރުވެރިންގެ އަދަދު މައްޗަށް ދާނެ ކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑް އިމޭޖް އިތުރަށް ވަރުގަދަވެ، ބައިނަލްއަގު ވާމީ ފެންވަރުގައި ރާއްޖޭގެ ނަން މަޝްހޫރުވެގެންދާނެ ކަމަށްވެސް ބެލެވެއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ލިވަޕޫލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ