ދަނޑުވެރިންނަށް ޚާއްސަ ލޯނު ޕްރޮގުރާމަކަށް ސީއެފްސީއިން ހުޅުވާލައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ކުދި އަދި މެދުފަންތީގެ ދަނޑުވެރިކަމުގެ މަޝްރޫޢުތަކަށް އ.ދގެ ކޮމަން ފަންޑް ފޯ ކޮމޮޑިޓީސް (ސީއެފްސީ) އިން ލޯނު ޕްރޮގްރާމަކަށް ހުޅުވާލައިފި އެވެ.

ދަނޑުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި ލޯނަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު 1 އޭޕްރީލްގެ ނިޔަލަށް ހުޅުވާލެވިފައިވެ އެވެ. އަދި ލޯނު ޕްރޮގްރާމާ ގުޅޭ އިތުރު މަޢުލޫމާތު ސީއެފްސީގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.

ސީއެފްސީގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ދަނޑުވެރިންގެ ވިޔަފާރިތައް ފުޅާކޮށް، އާމްދަނީ އިތުރުކުރެވޭނެ މަގު ތަނަވަސްކޮށްދިނުމާއި، މި ދާއިރާގައި އަންހެނުންގެ ދައުރު އިތުރުކުރުން ހިމެނެއެވެ. ރާއްޖެއަކީ ކޮމަން ފަންޑް ފޯ ކޮމޮޑިޓީސްގެ މެމްބަރު ޤައުމަކަށްވުމުން، ދިވެހި ދަނޑުވެރިންނަށްވެސް މި ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ސީއެފްސީއިން ފާހަގަކުރައްވާ ގޮތުގައި، މި ލޯނަށް އެދި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އިޖާދީ ވަސީލަތްތަކުގެ އެހީގައި ދަނޑުވެރިކަން ކުރުމަށް ހުށަހަޅާ ފަރާތްތަކަށް އިސްކަންދެވޭނެ އެވެ. މީގެ އިތުރުން، ދަނޑުވެރިކަމުގެ އެކި ދާއިރާތަކުގައި ބޭނުންކުރެވޭނެ ވަސީލަތްތަކުގެ ވިޔަފާރިތަކަށްވެސް މި ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ދަނޑުވެރިކަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ