އައްޑޫ ކަރަންޓު މައްސަލައިގައި ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓު މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް އެވެ. މި ކުއްލި މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް 13 މެންބަރުން ވޯޓު ދެއްވިއިރު ކުއްލި މައްސަލަ ބަލައިގަތުމާ ދެކޮޅަށް 47 މެންބަރުން ވޯޓު ދެއްވާފައިވެ އެވެ.

ނާޒިލް ހުށަހެޅި ކުއްލި މައްސަލައިގައި ބުނެފައިވަނީ، ރޯދަމަސް ފެށެންވާއިރަށް ކަރަންޓުގެ މައްސަލަ ހައްލުކޮށްދޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް ސަރުކާރުން އައްޑޫ ސިޓީއަށް ކަރަންޓު ފޯރުކޮށްދިނުމަގައި އިހުމާލުވަމުން ދިއުމުގެ ސަބަބުން މި ރޯދަމަހު އެެސިޓީގައި ދިރިއުޅޭ އާންމު ރައްޔިތުންގެ އަސާސީ ދިރިއުޅުމުގެ ހާލަތަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

”… އަައްޑޫ ސިޓީގެ ކަރަންޓުގެ ހިދުމަތް އެންމެ އަސާސީ ފެންވަރަށް ފޯރުކޮށްދިނުމަށްވެސް ސަރުކާރުން ނުކުޅެދ،ި ތަކުރާރުކޮށ،ް އެރަށްތަކުން ކަރަންޓު ކެޑެމުންދާތީ ރައްޔިތުންނަށް އޭގެ ސަބަބުން ބޮޑެތި ދަތިތަކާ ކުރިމަތި ލާންޖެހ،ި ރަށުގެ ގޭގެއިންނާއ،ި އޮފީސްތަކުންނާއި ފިހާރަތަކުން ދޭންޖެހޭ ހިތުމަތް އާންމު ރައްޔިތުންނަށް ނުދެވ،ި އަދި އެތަން ތަނުގައި ގެންގުޅޭ ޓީވ،ީ އޭސ،ީ ފްރިޖް ފަދަ އަގު ބޮޑު ކަރަންޓު ސާމާނު ހަލާކުވަމުންދާތީ މި ކަމުގައި އެސިޓީގެ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ހިނދު، …“ ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.

މީގެއިތުރުން ކުއްލި މައްސަލައިގައި ބުނެފައިވަނީ، އައްޑޫސިޓީ ސެންޓްރަލް ޕަވާ ސްޓޭޝަންގައި އައްޑޫސިޓީއަށް ކަރަންޓު ފޯރުކޮށްދިނުމުގެ ކެޕާސިޓީ ނެތްކަމާއ،ި އެކެޕާސިޓީ އެތަނުގައި ނެތީ ސަރުކާރުން ކޮށްދޭންޖެހޭ ކަންތައްތައް ކޮށްދިނުމަގައި ވަރަށް ބޮޑަށް އިހުމާލުވެފައިވާތީކަމަށެވެ.

ކުއްލި މައްސަލައިގައި ވަނީ، އައްޑޫ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަށް އެޅުމަކީ ސަރުކާރުގެ ޤާނޫނީ ޒިންމާއެއް ކަމަށް ބަޔާންކޮށް އެޒިންމާ ވަގުތުން ވަގުތަށް އަދާކުރުމަށް ސަރުކާރަށް ގޮވާލާފަ އެވެ.

ސަރުކާރުން އަންނަނީ އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހަލާކުވެފައިހުރި ޖެންސެޓްތައް ހެދުމުގެ މަސައްކަތްކުރާއިރު، އޭގެތެރެއިން ބައެއް ސެޓްތައް ހަދައި ނިންމާ މިހާރު އަންނަނީ ބޭނުން ކުރަމުންނެވެ. އޭގެއިތުރުން ރަމަޟާން މަހުގެ ކުރިން، ސްޓެލްކޯ މެދުވެރިކޮށް ފެނަކައަށް 1.8 މެގަވޯޓްގެ ޖެންސެޓްއެއްދީ، އެ ސެޓްވެސް އައްޑޫއަށް ގެންގޮސް، އިންސްޓޯލްކޮށް އަންނަނީ ބޭނުންކުރަމުންނެވެ. މިހަފްތާގެ ތެރޭގައި އިތުރު ސެޓްއެއްވެސް އައްޑޫއަށް ފޮނުވުމުގެ މަސައްކަތްކުރަމުން އަންނައިރު، އެ ސެޓް މިހާރު ވަނީ އައްޑުއަށް ގެންދިއުމުގެ މަގުމަތީގަ އެވެ.

ރައްޔިތުންގެ މަޖިލިސް ކަރަންޓުގެ ހިދުމަތް އައްޑޫ ސިޓީ އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ފެނަކަ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ