ޖަނަވާރަކަށް އަނިޔާކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭ ބިލެއް މަޖިލީހަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގައި އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތަކަށް ވެކްސިން ދިނުން ލާޒިމްކޮށް، ޖަނަވާރަކަށް އަނިޔާކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް ޖަނަވާރު ގެންގުޅުމާއި ޖަނަވާރުންގެ ރައްކާތެރިކަމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅީ ހިންނަވަރު ދާއިރާގެ މެންބަރު މުހައްމަދު އަބްދުއްރަހުމާން އެވެ.

މި ބިލުގައި ރަޖިސްޓްރީކޮށްފައިވާ ތަންތަން ނޫން ތަންތަނުގައި ޖަނަވާރު ގެންގުޅޭ ނަމަ ބޮޑެތި ޖޫރިމަނާތަކެއް ކަނޑައަޅާފައިވެ އެވެ. އަދި ޖަނަވާރަށް އަނިޔާ ކުރާނަމަ ދިން އަނިޔާގެ ކުޑަ ބޮޑު މިނަށް ބެލުމަށް ފަހު ޖޫރިމަނާ ކުރެވޭ ގޮތަށް ހިމަނާފައިވެ އެވެ.

ބިލުގައިވާ ގޮތުން، އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު އާންމު ތަންތަނަށް ވީއްލިގެން އުޅުމަށް ދޫކޮށްލުމާއި، އެފަދައިން ގެންގުޅޭ ޖަނަވާރަކަށް ނުވަތަ ވީއްލިގެން އުޅޭ ޖަނަވާރަކަށް އަނިޔާއެއް ދީފިނަމަ ކުޑަ ބޮޑު މިނަށް ބެލުމަށްފަހު 5،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

މީގެ އިތުރުން، ރަޖިސްޓްރީކޮށްފައިވާ ތަންތަން ނޫން ތަންތަނުގައި ޖަނަވާރު ގެންގުޅޭނަމަ ބިލު ގާނޫނަކަށްވުމުން 10،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

ބިލުގައި އިތުރަށް ބަޔާންކޮށްފައިވަނީ، ގަވާއިދާ ޚިލާފަށް އަމަލުކުރާ ފަރާތްތަކުން ކުރާ އަމަލެއްގައި ޖިނާއީ ކުށެއް އެކުލެވިގެންވާނަމަ އެކަމަށް ޖިނާއީ މައްސަލަތައް ތަޙްޤީޤުކުރުމުގެ އިޚްތިޞާޞް ލިބިފައިވާ ކަމާބެހޭ އިދާރާތަކަށް ހުށަހަޅަންވާނެ ކަމަށެވެ.

ހިންނަވަރު ދާއިރާގެ މެންބަރު މުހައްމަދު އަބްދުއްރަހްމާން ރައްޔިތުންގެ މަޖިލިސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ