މިދިޔަ ހަފްތާގައި 302 ދޯންޏަކުން ކިރުވި މަހަށް 26 މިލިޔަން ރުފިޔާ ދޫކުރި

Advertisement

Advertisement

އެންމެ ފަސް

Advertisement

މިދިޔަ ހަފްތާގައި މިފްކޯއަށް މަސް ކިރުވި 302 ދޯންޏަކަށް 26 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ޖަނަވަރީ މަހު މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދަކީ 117 މިލިޔަން ރުފިޔާއެވެ. މިއީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހާ އަޅާބަލާއިރު 122 އިންސައްތައިގެ އިތުރުވުމެކެވެ. ޑިސެންބަރު މަހު މަސްވެރިންނަށް ދޫކުރެވުނީ 52 މިލިޔަން ރުފިޔާއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމުގެ ވަޢުދު ފުއްދަމުން ގެންދެއެވެ. މިކަމުގެ ސަބަބުން މަސްވެރިކަމުގެ ދާއިރާއަށް އައިސްފައިވާ ހެޔޮ ބަދަލުތައް ފާހަގަކުރެވެއެވެ.

ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެފައިވާ ގޮތުގައި، މަސްވެރިންނަށް ޤަވާއިދުން ފައިސާ ދޭން ފެށުމާ ގުޅިގެން، ކުރިން ދޯނިތަކުން ފޭބި ޒުވާނުން އަލުން މަސްވެރިކަމަށް ނުކުންނަން ފަށާފައިވެއެވެ.

މިނިސްޓަރ ޝިޔާމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ”މަސްވެރި ސިނާޢަތަށް މިދިޔަ 40 އަހަރު ނުގެނެސްދެވިވާ ތަރައްޤީ މިސަރުކާރުން ގެންނަމުން މިދަނީ“ ކަމަށާއި، މި ދާއިރާގައި ހުރި މައްސަލަތަކަށް ސަރުކާރުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި ހައްލު ހޯދައިދެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

މަސްވެރިކަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ