މުބާރާތަކަށް ތައްޔާރުވަމުން ދަނިކޮށް އެކްސިޑެންޓްވި ޒުވާނާ އަދިވެސް ވެންޓިލޭޓަރުގައި

Advertisement

Advertisement

އެންމެ ފަސް

Advertisement

އައްޑޫ ސިޓީ ހުޅުމީދޫގައި ސައިކަލް އެކްސިޑެންޓެއްގައި ޒަޚަމްވި ޒުވާނާ އަދިވެސް ފަރުވާ ދެމުންދަނީ އައިޖީއެމްއެޗްގެ އިންޓެންސިވް ކެއަރ ޔުނިޓް (އައިސީޔޫ)ގެ ވެންޓިލޭޓަރުގައި ކަމަށް އެ ހޮސްޕިޓަލުން މިއަދު ހާމަކޮށްފިއެވެ.

މި އެކްސިޑެންޓްގައި ޒަޚަމްވެފައިވަނީ މަރަދޫފޭދޫ، މުހައްމަދު އިލްމު (18 އަހަރު) އެވެ. އޭނާއަކީ އައްޑޫ މޮޓޯ ރޭސިން އެސޯސިއޭޝަނުން ހުޅުމީދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ”އެންމެންގެ ޑްރެގް ޗެމްޕިއަންޝިޕް“ މުބާރާތަށް ތައްޔާރުވަމުން ދިޔަ ޒުވާނެކެވެ.

ފުލުހުންގެ މަޢުލޫމާތު ދެއްވާގޮތުން، މި އެކްސިޑެންޓް ހިނގާފައިވަނީ ފެބްރުއަރީ 22 ވަނަ ދުވަހުގެ ހެނދުނު 11:30 ހާއިރު ހުޅުމީދޫގައެވެ. އެއީ އިލްމު ދުއްވަމުންދިޔަ ސައިކަލް ކޮންޓްރޯލް ނުވެގެން ވެއްޓުމުގެ ސަބަބުން ކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލައިގައި ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

އެކްސިޑެންޓް ހިނގި ފަހުން އިލްމުއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައެވެ. އޭގެ ފަހުން، ފެބްރުއަރީ 24 ވަނަ ދުވަހު، އިތުރު ފަރުވާ ދިނުމަށްޓަކައި އޭނާ ވަނީ މާލެ ގެނެވިފައެވެ.

”އަދިވެސް އެ ޒުވާނާއަށް ފަރުވާ ދެމުންދަނީ އައިސީޔޫގެ ވެންޓިލޭޓަރުގައި،“ އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ