ރާއްޖޭގެ މޫސުން ކުރިޔަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރަނގަޅުވާން ފަށާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އިން ހާމަކޮށްފި އެވެ.
މެޓްގެ މޫސުމީ ރިޕޯޓުގައި ދައްކާގޮތުން، ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން އަދި އެހެން ހިސާބުތަކަށް ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި ކަނޑުތައް އާދައިގެ މިންވަރަކަށް ގަދަވެ، ރާޅުގެ އުސްމިން 2 ފޫޓާއި 5 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މެޓްއިން އިތުރަށް ހާމަކުރިގޮތުގައި، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ އިރުމަތީގައި އުފެދުނު ސާކިއުލާއެއްގެ ސަބަބުން ކުރާ ވިއްސާރައެކެވެ. މި ސާކިއުލާ މިހާރު އުޅެނީ ހުޅަނގުގެ ހިސާބުތަކުގައި ކަމަށާއި، އެ ސަރަހައްދުތަކަށް މިއަދުވެސް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކުރެވެއެވެ.
އާންމު ގޮތެއްގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް މޫސުން ރަނގަޅުވާން ފަށާނެ ކަމަށް މެޓްއިން ލަފާކުރާއިރު، ކަނޑުދަތުރުކުރާ ފަރާތްތަކަށް މޫސުމަށް ސަމާލުވުމަށް އިރުޝާދު ދީފައިވެއެވެ.