އާންމުންނަށް ނުފެންނާނެގޮތަށް ފަތުރުވެރިންނަށް ކާން ދިނުމަށް މިނިސްޓަރު އެދިއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ލޯކަލް ޓޫރިޒަމް ހިންގާ ރަށްރަށުގައި ފަތުރުވެރިންނަށް ކާން ދިނުމުގައި ހެދިފައިވާ އާންމު ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށް ޓޫރިޒަމް މިނިސްޓަރ އާދަމް ޝަރީފު އުމަރު އިލްތިމާސްކުރައްވައިފި އެވެ.

މިނިސްޓަރ މިކަން ފާހަގަކުރައްވާފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ ލޯކަލް ޓޫރިޒަމާއި ލޯކަލް ގެސްޓް ހައުސް ހިންގާ ރަށްރަށުގައި، ރަމަޟާން މަހު ފަތުރުވެރިންނަށް ކާން ދިނުމުގައި ސަރުކާރުން އެކަށައަޅައިފައިވާ އުސޫލުތަކާއި، މިންގަނޑުތަކާ ޚިލާފު ނުވާ ގޮތަށް، އެ ރަށެއްގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ނުފެންނާނެ ގޮތަކަށް ޚިދުމަތް ދިނުމަށް އެދެން، ކަމަށެވެ.

ލޯކަލް ޓޫރިޒަމް މުޅި ރާއްޖެއަށް އާންމުވެފައިވާ އިރު، ސަރުކާރުން އެކުލަވާލާފައިވާ އުސޫލުތަކާ އެއްގޮތަށް ފަތުރުވެރިންނަށް ޚިދުމަތް ދިނުމަކީ ވަރަށް މުހިންމު ކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ. ރަމަޟާން މަހަކީ އިސްލާމީ ޝިއާރު ފާޅުކުރުމުގެ މަހަކަށް ވެފައި، ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގައި ރަށުގެ އާންމު ރައްޔިތުންގެ އިހުސާސްތަކަށް ރިއާޔަތްކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފަ އެވެ.

ރާއްޖޭގައި ހެދިފައިވާ ގަވައިދުތައް ބަޔާންކުރާ ގޮތުން، އާންމުންނަށް ފެންނަ ގޮތަށް ދުވާލުގެ ވަގުތުތަކުގައި ކާބޯތަކެތީގެ ހިދުމަތް ދިނުމަކީ މަނާކަމެކެވެ.

މިނިސްޓަރު އާދަމް ޝަރީފް އުމަރު މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް ފަތުރުވެރިކަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ