ދިޔަވި ލޯންޗުގައި ތިބި މީހުން ސަލާމަތް ކުރުމުން މިިނިސްޓަރގެ ތައުރީފް ފުލުހުންނަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

އދ. ދިގުރަށުން ފުރައިގެން މާލެ ދަތުރު ކުރި ލޯންޗެއް ދިޔަވެ، އަޑިއަށް ދިއުމާ ގުޅިގެން މީހުން ސަލާމަތް ކުރުމަށް ހިންގި އޮޕަރޭޝަންގައި ފުލުހުން ދެއްކި ނަމޫނާއަށް ފަޚުރުވެރިވާ ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ އިހުސާން ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، 44 މީހުންނާއި ހަތަރު ކުޑަކުދިން ދަތުރުކުރި ލޯންޗު އަޑިއަށް ދިޔަ ހާދިސާގައި، ”ގަދަ ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރޭގައި މީހުން ސަލާމަތްކުރުމުގައި އަމިއްލަ ފުރާނައަށް ބެލުމެއްނެތި ފުލުހުން ދެއްކީ ހިތްވަރާއި ކެރުމާއި ސާބިތުކަން“ ކަމަށެވެ.

ފުލުހުންގެ މުއައްސަސާގެ ޒިންމާދާރު ވަޒީރުގެ ހައިސިއްޔަތުން، އެ އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނަށާއި މުޅި ފުލުހުންގެ މުއައްސަސާއަށް ހިފެހެއްޓުމެއްނެތް ޝުކުރާއި ތަޢުރީފު އަދާކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިއީ ޤައުމީ ޚިދުމަތުގައި ނަފްސަށްވުރެ ދިވެހި ޤައުމު އިސްކުރުމުގެ ފުރިހަމަ ނަމޫނާއެއް ކަމުގައި ވެސް ފާހަގަކުރެއްވި އެވެ.

”ހުވަން“ ލޯންޗު އަޑިއަށްދާ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުނީ އިއްޔެ ހެނދުނު 8:00 ގައެވެ. މި ލޯންޗުގައި ޖުމްލަ 48 މީހުން ދަތުރުކުރި އެވެ. އޭގެ ތެރޭގައި 45 ފަސިންޖަރުންނާއި ތިން ފަޅުވެރިން ހިމެނެ އެވެ. ފަސިންޖަރުންގެ ތެރޭގައި ހަތަރު ކުޑަކުދިން ވެސް ހިމެނެ އެވެ.

ފުލުހުން ކުރި މަސައްކަތުން މި އެންމެން ވަނީ ސަލާމަތްކޮށްފަ އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ