ފެންހިންދުމަށް ގެނައި ދެ ޕަމްޕު ޑިފެންސް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ކައުންސިލުން ނިންމައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މާލެ ސިޓީ ކައުންސިލުން މާލޭގައި ފެންހިންދުމަށް ގެނެސްފައިވާ ދެ ޕަމްޕު މިނިސްޓްރީ އޮފް ޑިފެންސްގެ ބެލެހެއްޓުމުގެ ދަށުގައި ބެހެއްޓުމަށް ނިންމައިފި އެވެ.

މި ނިންމުމާ ގުޅިގެން، މާލެ ސިޓީ ކައުންސިލްގެ ސީނިއަރ ކައުންސިލް އެގްޒެކެޓިވް އަބްދުލް މުހައިމިން ނަސީރު ވަނީ ޑިފެންސް މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފަ އެވެ. މި ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ދެ ޕަމްޕަކީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރާއްޖެ ގެނައުމަށް ކުރި މަސައްކަތުގެ ދަށުން، މާލެއަށް ގެނެވުނު 2 ޕަމްޕުކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ. އަދި އެއީ އާންމުކޮށް ބޭނުންކުރާ ޕަމްޕުތަކަށްވުރެ އެތައް ގުނައެއް ބާރު ސްޕީޑުގައި ފެން ބޭރުކުރެވޭ ޕަމްޕުތަކެއްކަންވެސް ފާހަގަކޮށްފައިވެ އެވެ.

ކައުންސިލުން މި ނިންމުން ނިންމާފައިވަނީ، މާލޭގައި ޤާއިމްކޮށްފައިވާ ފެންހިންދާ ނިޒާމުގެ އެހީގައި ވާރޭވެހުމުގެ ސަބަބުން ރަށުތެރެއަށް އެޅޭ ފެން ބޭރުކުރުމަށް ހުރި ގޮންޖެހުންތަކަށް ޙައްލެއް ހޯދުމުގެ ގޮތުންނެވެ. ވިއްސާރަ މޫސުމުގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެ، އާންމު ރައްޔިތުންގެ ގޭގެއަށާއި މުދަލަށް ގެއްލުންވާ މިންވަރަށް ފެންބޮޑުވާ މައްސަލައަށް ޙައްލެއް ހޯދުމަށް މި ޕަމްޕުތައް ބޭނުންކުރެވޭނެއެވެ.

މި ދެ ޕަމްޕަކީ ފެންގަނޑު ތެރޭގައި ހުންނަ ތިން އިންޗި ފުޅާމިނުގެ ސޮލިޑް ހޮޅިތެރެއިން ބޭރުކޮށްލެވޭ ޕަމްޕުތަކެކެވެ. މި ޕަމްޕުތަކުން މިނެޓަކު 11,356.24 ލީޓަރުގެ ފެން ބޭރުކުރެވޭނެއެވެ. މީގެ ކުރިން މާލޭގައި ފެންހިންދުމަށް ބޭނުންކުރަމުން އައީ މިނެޓަކު 1,300 ލީޓަރާއި 900 ލީޓަރުގެ ފެން ބޭރުކުރާ ޕަމްޕުތަކެކެވެ.

މާލެ ސިޓީ ކައުންސިލުން މި ސިޓީގައި އިތުރަށް ފާހަގަކޮށްފައިވަނީ، ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށް ފޯރުކޮށްދެވޭ ކޮންމެ ޚިދުމަތެއް ފޯރުކޮށްދިނުމުގައި އެމްއެންޑީއެފްއަކީ އަބަދުވެސް އެ ކައުންސިލާއެކު އެންމެ ގާތުން މަސައްކަތްކުރާ މުއައްސަސާކަމެވެ.

އެމްއެންޑީއެފް މާލެ ސިޓީ ކައުންސިލް މިނިސްޓްރީ އޮފް ޑިފެންސް މޫސުން ގޯސްވުން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ