މާލޭގައި އިއްޔެ ފެން ބޮޑުވުމުން ފެން ހިންދުމަށްޓަކައި މާލެ ސިޓީ ކައުންސިލުން އަލަށް ގެނެސްފައިވާ 2 ޕަންޕެއް ބޭނުންކޮށްފައިވާކަމަށް އެ ކައުންސިލުން ބުނެފި އެވެ.
މާލެ ސިޓީ ކައުންސިލުން އަލަށް ގެނައި މި 2 ޕަމްޕުން މިނެޓަކު 11،356.24 ފެން ބޭރުކުރެވެއެވެ. މީގެކުރިން މާލޭގައި ބޭނުން ކުރަމުން އައީ 900 އަދި 1،300 ލީޓަރު ފެން ހިންދާ ޕަމްޕެވެ.
މިދިޔަ ހުކުރު ދުވަހު މި ޕަމްޕުތައް ލިބިއިފައިވާކަން ކައުންސިލުން އެ ދުވަހު ’އެކްސް’ގައި ކުރި ޕޯސްޓެއްގައި ވަނީ ހާމަކޮށްފަ އެވެ. އަދި އިއްޔެ މާލެއަށް ކުރި ވިއްސާރައިގައި މަގުތަކުން ފެން ހިންދުމަށް މި ދެ ޕަމްޕު ބޭނުންކޮށްފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
ދެ ޕަމްޕާ ގުޅޭ ގޮތުން ސޯޝަލް މީޑިއާއަށް ރޭ ކައުންސިލްގެ ފަރާތުން އާންމު ކުރި ވީޑިއޯ އިންޓަވިއުގައި މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މާލޭގައި ފެންބޮޑުވާ މައްސަލައަށް 20-30 އަހަރު ވީއިރު ވެސް، އެ މައްސަލަ އޮތީ ހައްލު ނުވެ ކަމަށާއި ފެން ހިންދުމަށް މިހާތަނަށް ބޭނުން ކުރަމުން އައީ ދޯނިތަކުގައި ފެން ހިންދުމަށް ބޭނުން ކުރާ ޒާތުގެ ޕަމްޕުތަކެއް ކަމަށެވެ.
އޭގެ އިތުރުން، އާޒިމް ވިދާޅުވީ ކައުންސިލުން މި ޕަމްޕުތައް ބޭނުން ކުރަމުންދަނީ އެމްއެންޑީއެފް އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އެތޯރިޓީ (އެންޑީއެމްއޭ)އާ ގުޅިގެން ކަމަށެވެ.
އާދަމް އާޒިމް، މާލެ ސިޓީ ކައުންސިލްގެ މޭޔަރ އެމްއެންޑީއެފް މާލެ ސިޓީ ކައުންސިލް މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)