އިއްޔެ ކުރި ވަރުގަދަ ވިއްސާރައިގައި ފެންބޮޑުވެ ނަޖިސް ބޭރުވުމުގެ ސަބަބުން މާލޭގެ ހަތަރު ގެއެއްގެ މީހުންނަށް ހިޔާވަހިކަން ފޯރުކޮށްދީފި އެވެ.
ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނީ އިއްޔެ ކުރި ވަރުގަދަ ވިއްސާރައިގައި ފެންބޮޑުވެ ނަޖިސް ބޭރުވެގެން ހަަތަރު ގެއަކުން 40 މީހަކު ރައްކާތެރި ތަންތަނަށް ބަދަލުކުރި ކަމަށެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި އިއްޔެ މާލޭގެ 131 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީ 967 ވެލި ބަސްތަ ވަނީ ޖަހައިދީފަ އެވެ. މާލޭގައި ފެންބޮޑުވި ސަރަހައްދުތަކުން ފެން ހިންދައި މިހާރު ވަނީ އާންމު ހާލަތަަށް ގެނެސްފަ އެވެ.
މީގެއިތުރުން އެންޑީއެމްއޭ އިން ބުނީ ޅ. ނައިފަރުގައި ވަރަށް ބޮޑަށް ފެންބޮޑުވެ 4 ގެޔަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި އަދި ލ. އިސްދޫގެ 22 ގެޔަކަށް އެކިވަރުގެ ގެއްލުން ލިބި 1 ގެޔަކުން މީހުން ހުސްކުރި ކަމަށާއި ހދ. ކުޅުދުއްފުށީގައި ވަރަށް ބޮޑަށް ފެންބޮޑުވެ މުޅި ރަށުން ފެން ހިއްކަމުން ގެންދާ ކަމަށެވެ.
އެމްއެންޑީއެފް މޫސުން ގޯސްވުން މޫސުމާ ބެހޭ ގައުމީ އިދާރާ މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)