ބ އަތޮޅުން ދ އަތޮޅަށް ހުދު ސަމާލު ނެރެފި އެވެ .
މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ބުނީ މިއަދު މެންދުރު 12.30 އިން ފެށިގެން 17:30 ގެ ނިޔަލަށް ބާރު މިނެއްގައި ވައި ޖެހޭނޭ ކަމަށާއި ކަޑުތައް ގަދަވާނޭ ކ ކަމަށެވެ.
އެގޮތުން ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނޭ ކަމަށާއި ވިލާގަނޑުގައި ގަނޑިއަކު 40 މޭލަށް ވައި ގަދަވާނޭ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެގޮތުން މެޓް އޮފީހުން ބުނީ މިއަދު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ކަނޑުތައް އަދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ. ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މި ވަގުތު ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވަނީ ރީނދޫ ސަމާލު ނެރެފަ އެވެ. އެއީ، ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށެވެ.