މެދު ރާއްޖެތެރެއަށް އޮރެންޖު އެލާޓު: ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ބިރު އެބަ އޮތް

Advertisement

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން ރާއްޖޭގެ މެދު ސަރަހައްދަށް އޮރެންޖު އެލާޓެއް ނެރެފި އެވެ.

މެޓް އޮފީހުން ބުނީ ބ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް ހިމެނޭ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ގުގުރައި އަދި ފެންބޮޑުވުމުގެ ފުރުސަތު އޮތް ކަމަށް ލަފާކުރެވޭ ކަމަށެވެ. މި އޮރެންޖު އެލާޓު ދެމިއޮންނާނީ މިރޭ 21:45 އިން ފެށިގެން ދަންވަރު 12:00 އާ ހަމައަށެވެ.

މި އެލާޓު ނެރުމުގެ ކުރިން، މެދުރާއްޖެތެރެއަށް ޔެލޯ އެލާޓެއް ނެރެފައިވާކަން ފާހަގަކުރެވެއެވެ. އަދި މީގެ އިތުރުން، ނ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ހިމެނޭ ސަރަހައްދުތަކަށް ވައިޓް އެލާޓެއްވެސް ނެރެފައިވެއެވެ. މި ސަރަހައްދުތަކުގައި ބޯކޮށް ވާރޭވެހި، ގުގުރައި އަދި ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ވައިޖެހުމުގެ ފުރުސަތު އޮތް ކަމަށް މެޓުން ބުނެފައިވެއެވެ.

މިހާރުވެސް ކުރިއަށްދާ ވިއްސާރައިގެ ސަބަބުން މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވެފައިވާކަން ފާހަގަކުރެވެއެވެ. މި ހާލަތާ ގުޅިގެން، ކަމާބެހޭ މުއައްސަސާތަކުން ވަނީ އާންމު ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ކުޑަކުރުމަށްޓަކައި އެކި މަސައްކަތްތައް ފަށައިފައެވެ.

މޫސުމަށް އަންނަ ބަދަލުތަކާއެކު، ރައްޔިތުން ވީހާވެސް ބޮޑަށް ރައްކާތެރިވެ، މެޓް އޮފީހުން ދޭ އިރުޝާދުތަކަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކުރެ އެވެ.

މޫސުން ގޯސްވުން މޫސުމާ ބެހޭ ގައުމީ އިދާރާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ