ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ”ޓީ ހަޓް“ ރެސްޓޯރަންޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ރެސްޓޯރަންޓުގެ ބަދިގޭގަ އެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މަޢުލޫމާތު ދީފައިވާ ގޮތުގައި، އެމްއެންޑީއެފްގެ ހުޅުމާލޭ ފަޔާ ސްޓޭޝަނުން އެ ސަރަހައްދަށް ގޮސް މިހާރު އަލިފާން ވަނީ ފުރިހަމައަށް ކޮންޓްރޯލް ކުރެވިފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ވެސް ސާފެއް ނުވެއެވެ.