އެސްޓީއޯއިން ތާޒާ ލޮނުމެދު ބާޒަރަށް ނެރެ ބައެއް ތަކެތީގެ އަގަށް ބަދަލު ގެނެސްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އެސްޓީއޯއިން ތާޒާ ލޮނުމެދު ބާޒާރަށް ނެރެ ފިޔާ، ބިސް އަދި އަލުވި ވިއްކާ އަގަށް ބަދަލު ގެނެސްފި އެވެ.

އެސްޓީއޯއިން ބުނީ ރަމަޟާން މަހަށް ޚާއްޞަކޮށް އެސްޓީއޯއިން އިމްޕޯޓްކުރާ މައިގަނޑު ތަކެތީގެ ތެރޭގައި ފިޔާ، ބިސް އަދި އަލުވި ހިމެނޭ ކަމަށެވެ. މި ތަކެތި އިމްޕޯޓްކުރުމުގެ މައިގަނޑު ބޭނުމަކީ ރޯދަމަހު މި ތަކެތީގެ އަގު އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުންކަމަށް އެސްޓީއޯއިން ބުނެ އެވެ. ރަމަޟާން މަހަކީ ކާބޯތަކެއްޗަށް ޑިމާންޑް އިތުރުވާ މޫސުމަކަށްވާތީ، މި ފަދަ އަސާސީ ތަކެތި އެކަށޭނަ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އެސްޓީއޯގެ އަމާޒެއްކަމަށްވެސް ބުނެފައިވެ އެވެ.

އެސްޓީއޯއިން މިހާރު ވަނީ ތާޒާ ލޮނުމެދު ބާޒާރަށް ނެރެފަ އެވެ. ލޮނުމެދު މިވަގުތު ވިއްކަން ހަމަޖެހިފައިވަނީ ކިލޯއެއް 45 ރުފިޔާއަށެވެ. ލޮނުމެދު ލިބެންހުންނާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިންނެވެ.

މީގެއިތުރުން، އެސްޓީއޯއިން ވަނީ ހުޅުމާލޭ ހޮޓާ ހޯލްސޭލް ސައިޓް ރަމަޟާން މަހަށް ޚާއްޞަކޮށް ތައްޔާރުކޮށްފަ އެވެ. މި ސްޓޭޝަން ޤާއިމުކުރެވިފައިވަނީ ހުޅުމާލޭ ފިހާރަތަކަށް މުދާ ފަސޭހައިން ލިބޭނެގޮތް ހެދުމަށާއި، އާންމުންނަށް މެދުނުކެނޑި މުދާ ލިބެން ހުންނާނެ ގޮތް މަގުފަހިކޮށްދިނުމަށެވެ.

އެސްޓީއޯއިން ވަނީ ފިޔާ، ބިސް އަދި އަލުވި ވިއްކާ އަގަށްވެސް ބަދަލު ގެނެސްފަ އެވެ. މިއީ އެސްޓީއޯއިން ރަމަޟާން މަހަށް ޚާއްޞަކޮށް މި ތަކެތި ބާޒާރަށް ނެރެން ފެށި ފަހުން، ބާޒާރުގެ އަގުތަކަށް އަންނަ ހެޔޮ ބަދަލާ ގުޅިގެން އަގަށް ބަދަލު ގެނައި ހަތަރުވަނަ ފަހަރެވެ. މިހާރު ފިޔާ ބަސްތާއެއް ވިއްކަނީ 335 ރުފިޔާއަށެވެ. ވަކިން ކިލޯއެއް ވިއްކަނީ 14 ރުފިޔާއަށެވެ. ބިސް ކޭހެއް ވިއްކަނީ 350 ރުފިޔާއަށެވެ. ވަކިން ބިހެއް ވިއްކަނީ 2 ރުފިޔާއަށެވެ. އަލުވި ބަސްތާއެއް ވިއްކަނީ 515 ރުފިޔާއަށެވެ. ވަކިން ކިލޯއެއް ވިއްކަނީ 25 ރުފިޔާއަށެވެ.

އެސްޓީއޯގެ ފަރާތުން ބުނީ، މި ތަކެތީގެ އަގު ކަނޑައަޅާފައިވަނީ ބާޒާރުގެ އަގުތަކަށް ރިޢާޔަތްކޮށްގެން ކަމަށާއި، ބާޒާރުގެ އަގުތަކަށް އަންނަ ބަދަލާ ގުޅިގެން އެސްޓީއޯއިން ވިއްކާ އަގަށްވެސް ބަދަލު ގެނެވޭނެ ކަމަށެވެ.

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ