އިއްޔެގެ ވިއްސާރައިގައި ވެސް ގިނަމުދާ ވާނީ ކުލިޔަރ ކޮށްފައި: އެމްޕީއެލް

Advertisement

Advertisement

އެންމެ ފަސް

Advertisement

އިއްޔެގެ ވިއްސާރައިގައި ވެސް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ގުދަނުގައި ހުރި ވަރަށް ގިނަ މުދާ ވާނީ ކުލިޔަރ ކޮށްފައި ކަމަށް އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރ އިލިޔާސް މުޙައްމަދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާއިން ގެނެސްދިން ”ރޯދައަށް ތައްޔާރު“ ޕްރޮގްރާމްގައި ވިއްސާރައިގެ ސަބަބުން އެމްޕީއެލްގެ މަސައްކަތަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާ ކަމަށް ފާހަގަކުރައްވަމުން އިލިޔާސް ވިދާޅުވީ، ”ބޯޓުފަހަރުގައި މަސައްކަތް ކުރާއިރު ކަނޑު ގަދަވެއްޖެއްޔާ މުދާ ބާލަން އުނދަގޫވޭ“ އެވެ. ނަމަވެސް މި ދަތިތަކާ ކުރިމަތިލުމަށް އެކަށީގެންވާ ތައްޔާރީތައް ވެފައިވާ ކަމަށް އެމްޕީއެލްގެ ސީއޯއޯ ވިދާޅުވި އެވެ.

އިއްޔެގެ ވިއްސާރައިގައި ބައެއް މުދާ ބޭލުމުގައި ދަތިތަކާ ކުރިމަތިވި ކަމަށް ފާހަގަކުރައްވަމުން އިލިޔާސް ވިދާޅުވީ، އެއީ ފަލްކާގެ ތެރޭގައި ތެމުމުގެ ރިސްކް ބޮޑު މުދާ ހުރުމުގެ ސަބަބުން ކަމަށެވެ. ”އޭގެ ތެރޭގައި އެބަހުރި ކަރުދާސް ފޮށި ކަހަލަ އެއްޗެހި، އެންވީމަ އެޖެންޓުން ނުދޭ ހުއްދައެއް އެ ހުޅުވާކަށް“ އޭނާ ވިދާޅުވި އެވެ.

އެމްޕީއެލްގެ މުވައްޒަފުންގެ ހީވާގިކަން ފާހަގަކުރައްވަމުން އިލިޔާސް ވިދާޅުވީ، މުދާ ރައްކާތެރިކަމާއެކު ބޭލުމަށް އެންމެހާ މުވައްޒަފުން ގަދައަޅައި މަސައްކަތްކުރާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މިފަދަ ދަތިތަކާ ކުރިމަތިނުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޕީއެލް އިން ވަނީ ކުރިއަށް އޮތް ރަމަޟާން މަހު، މުދާ ބޭލުމުގެ މަސައްކަތް ހަލުވިކުރަން ގިނަ މަސައްކަތްތަކެއް ރާވައިފައިވާކަން ހާމަކޮށްފަ އެވެ.

ރަމަޟާން 1446 މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ