ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ސަރުކާރުގެ ”ގެދޮރުވެރިޔާ“ ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވާ 4،000 ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވަނީ ފްލެޓް ދޭން ކަނޑައަޅާފައިވާ 4000 މީހުންގެ ލިސްޓް ބެލުމަށްފަހު ޝަރުތު ހަމަވަނީ 1،820 މީހުން ކަމަށް ވިދާޅުވެފަ އެވެ. ސަރުކާރުން މިހާރުވަނީ މި 1،820 މީހުންގެ ލިސްޓް އާންމުކޮށްފަ އެވެ.

ހައުސިންގ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޝަކުވާ ހުށަހެޅުމުގެ މުއްދަތު ކަނޑައަޅާފައިވަނީ 1 މާރިޗު 2025 އިން ފެށިގެން 31 މާރިޗު 2025 އާ ހަމައަށް ކަމަށެވެ. ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެއެވެ. އަދި ލިސްޓުގައިވާ ފަރާތަކާ ގުޅޭ ޝަކުވާއެއްނަމަ އީމެއިލް ނުވަތަ މިނިސްޓްރީއަށް އެޑްރެސްކޮށް ފޮނުވޭ ސިޓީއަކުން ހުށަހެޅިދާނެ އެވެ.

މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، ޝަކުވާ ހުށަހެޅުމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް މިނިސްޓްރީގެ ނަންބަރު 4004911 އަދި 4004910 އަށް ގުޅައިގެން މަޢުލޫމާތު ސާފުކުރެވޭނެ ކަމަށެވެ.

މިހާރު ޝާއިޢުކޮށްފައިވާ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ އަދި ފްލެޓް ލިބުމަށް ކަނޑައަޅާފައިވާ އަދަދަށް ޕޮއިންޓް ލިބުނު ފަރާތްތަކާ ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ލަސްނުކޮށް ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ވަނީ ނިންމާފަ އެވެ. ނަމަވެސް، ފްލެޓް ހަވާލުކުރުމުގެ ކުރިން ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރުމުގެ އުސޫލުގައި ބަޔާންކޮށްފައިވާ ކަންކަން ކަމާބެހޭ ފަރާތްތަކުން އިތުރަށް ޗެކްކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ކުރީ ސަރުކާރުން ވެރިކަން ނިމެން މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް އާންމު ކުރި ފްލެޓް ލިސްޓުން ޝަރުތު ހަމަވަނީ 45 އިންސައްތަ ފަރާތެކެވެ. ބާކީ 55 އިންސައްތަ ފަރާތެއް ވަނީ ޝަރުތު ހަމަނުވާތީ ލިސްޓުން އުނިކޮށްފަ އެވެ.

ބޯހިޔާވަހިކަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ފަހި ދިރިއުޅުން ކޯޕަރޭޝަން ގެދޮރުވެރިޔާ ސްކީމް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ