އެއަރ ކާގޯގެ އާ ބިލްޑިންއާއި އެކު އެއަރ ކާގޯގެ ދަތިތަކެއް މިހާރު ނޫޅޭނެ: މުޖްތަބާ

Advertisement

Advertisement

އެންމެ ފަސް

Advertisement

ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް މިދިޔަ އަހަރު އެޅި އެއަރ ކާގޯގެ އާ ބިލްޑިންއާ އެކު، މިއަހަރުގެ ރަމަޟާން މަހުގައި އެއަރ ކާގޯގެ އެއްވެސް ދަތިކަމެއް ނޫޅޭނެ ކަމަށް އެމްއޭސީއޭލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ލަތީފް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ”ރޯދައަށް ތައްޔާރު“ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މުޖްތަބާ ވިދާޅުވީ، މިހާރު އާ ބިލްޑިންގގެގައި ހިދުމަތް ދެމުން އަންނަ ކަމަށެވެ. އަދި ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން އެއަރޕޯޓުގެ އެއަރ ކާގޯއިން ދޭ ޚިދުމަތް އިތުރަށް ރަނގަޅުކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރުމަށް މިއަހަރު ފެށުނުއިރު މިނިސްޓަރާއެކު ބައްދަލުވުމެއް ބޭއްވިކަމަށް ވެސް ވިދާޅުވި އެވެ.

މުޖްތަބާ ވިދާޅުވި ގޮތުގައި، މި ބައްދަލުވުމަށްފަހު އެ ކުންފުނީގެ ސްޓޭކްހޯލްޑަރުންނާއި އެއަރ ކާގޯގެ ޚިދުމަތް ހޯދާ ގިނަ ފަރާތްތަކާއެކުވެސް ބައްދަލުވުންތައް ބާއްވާފައިވެ އެވެ. އަދި އެއަރ ކާގޯގެ ޚިދުމަތް ދޭނެ ވަގުތުތައް ސާކިއުލަރ މެދުވެރިކޮށް ވަނީ އަންގާފައި ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އެމްއޭސީއޭލްގެ އެއަރ ކާގޯގެ މަސައްކަތްތައް މި ރަމަޟާން މަހު މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށް މުޖްތަބާ ވަނީ ޔަގީންކަން ދެއްވާފަ އެވެ. މިއީ ވިޔަފާރިވެރިންނާއި އާންމު ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު ލުޔެއް ކަމަށް ބެލެވެ އެވެ.

ރަމަޟާން 1446 އެމްއޭސީއެލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ