ސުޕްރީމް ކޯޓު ހިންގޭނޭ ގޮތެއް ހަދައިދިނުމަށް އެދި އިބުރާ ހައިކޯޓަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ސުޕްރީމް ކޯޓު ހިންގޭނޭ ގޮތެއް ހަދައިދިނުމަށް އެދި ޤާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގައި މަސައްކަތް ކުރެއްވި ކުރީގެ މެންބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ހައިކޯޓަށް މައްސަލަ ހުށަހަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތުން ޤާނޫނުއަސާސީ ބަދަލުކުރި މައްސަލައިގައި ސުޕްރީމް ކޯޓަށް ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވި ދުސްތޫރީ މައްސަލަ އެ ކޯޓުގައި ހިނގަމުންދަނިކޮށް، 3 ފަނޑިޔާރަކު ސަސްޕެންޑް ކޮށްފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން އިބްރާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުން ސަސްޕެންޑް ކުރުމަކީ އެކޯޓުގައި ތަޅުއެޅުވުން ކަމަށެވެ.

”ކުއްލި ނުރައްކަލުގެ ޙާލަތު މާދަމާ އިއުލާނު ކުރިއަސް، ރައްޔިތުންގެ ޙައްޤުތައް ގެއްލޭނެއެވެ. ޤާނޫނުއަސާސީގެ ބާރު ދިޔައީއެވެ.“ އިބުރާ ވިދާޅުވި އެވެ.

އެހެންކަމުން ހައިކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ސުޕްރީމް ކޯޓު ހިންގޭނޭ ގޮތެއް ހަދައިދިނުމަށް އެދިކަމަށް އިބުރާ ވިދާޅުވި އެވެ.

ޖޭއެސްސީން ސުޕްރީމް ކޯޓުން ސަސްޕެންޑް ކޮށްފައިވަނީ، ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އެވެ. ޖޭއެސްސީން އަންނަނީ މި ތިން ފަނޑިޔާރުންނާ ގުޅޭ ސުލޫކީ މައްސަލައެއްވެސް ތަހުގީގު ކުރަމުންނެވެ. މި ތިން ފަނޑިޔާރުން ސަސްޕެންޑް ކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ބެންޗު 7 ފަނޑިޔާރުންގެ ބަދަލުގައި 5 ފަނޑިޔާރުންނަށް މަދު ކުރުމަށް މަޖިލީހުން ކޯޓުތަކާ ބެހޭ ޤާނޫނު އިސްލާހު ކުރިތާ ކުޑަ ވަގުތުކޮޅެއް ފަހުންނެވެ.

ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުމާއެކު ސުޕްރީމް ކޯޓުން ބަލަމުންދިޔަ ދުސްތުރީ މައްސަލަ ވަނީ ހުއްޓިފަ އެވެ.

ހައި ކޯޓު ރައްޔިތުންގެ މަޖިލިސް އިބްރާހިމް އިސްމާއިލް (އިބްރާ) ސުޕްރީމް ކޯޓު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ