ރަމަޟާން މަހާ ގުޅިގެން މާލޭގެ 22 މިސްކިތެއްގެ ކައިރި ސަރަހައްދުން ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރުން މަނާ ކުރަން ނިންމައިފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުންގެ ބަޔާނެއްގައި ބުނެފައިވަނީ ނަމާދު ވަގުތުގެ 10 މިނެޓު ކުރިން ފެށިގެން، ނަމާދުކޮށް ނިމި އެ ސަރަހައްދު ހަމައަކަށް އެޅެންދެން ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރުން މަނާ ކުރާނެ ކަމަށެވެ. މި ފިޔަވަޅު އަޅަނީ މިސްކިތްތަކަށް ދާ މީހުންނަށް ފަސޭހަކަމާއެކު ނަމާދަށް ދެވޭނެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުންނެވެ.
ފުލުހުން ވަނީ މިސްކިތަށް ދާ މީހުން ވީވަރަކުން ހިނގާފައި ދިއުމަށް އިރުޝާދު ދީފައެވެ. އަދި ސައިކަލުގައި މިސްކިތަށް ދާނަމަ، ރަނގަޅު ޒޯނެއްގައި ޕާކުކުރުމަށާއި އެހެން މީހުންނަށް ދަތިނުވާނެ ގޮތަށް ޕާކުކުރުމަށް ސަމާލުކަން ދިނުމަށް އެދިފައިވެއެވެ.
މީގެ އިތުރުން ފުލުހުން ވަނީ މާލޭގެ އެކި ސަރަހައްދުތަކުން ގިނަ ދުވަސްތަކެއް ވަންދެން ޕާކު ކޮށްފޮށްފައި ހުރި 433 ސައިކަލް އަދި ހަތަރު ފުރޮޅުލީ 33 ވެހިކަލް ނަގާފައެވެ. އަދި ޓްރެފިކް ނިޝާންތައް ނެތް ތަންތަނުގައި އަލުން ރޮނގު ކުރަހާފައިވާ ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.