ބާޒާރުގައި ހުންނަ ބާވަތްތަަކުގެ އަގުތައް ބެލޭ ޕޯޓަލެއް ތައާރަފްކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މި ރޯދަމަހުގައި ބާޒާރުގައި ކާބޯތަކެތީގެ އަގުހުރި ގޮތް ބަލާލެވޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީ އިން ގާއިމްކޮށްފައިވާ ”އަގުމަގު“ ޕޯޓަލް ރޭ ލޯންޗްކޮށްފި އެވެ.

ދައުލަތުގެ މީޑިއާގައި ކުރިއަށް ދިޔަ ޕްރޮގްރާމެއްގެ ތެރެއިން އެ ޕޯޓަލް ލޯންޗުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.

އެ ޕޯޓަލުން 98 އަސާސީ ކާބޯތަކެތީގެ އެންމެ ފަހުގެ އަގުތައް ބަލައިލެވޭނެ އެވެ.

މިނިސްޓްރީން ބުނީ އެ އަގުތަކަކީ ރެންޑަމް އިންސްޕެކްޝަންތަކުގައި އެއްކޮށްފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލަވައިލައިފައިވާ ލިސްޓުކޮށްފައިވާ އަގުތަކެވެ. މި ވަގުތަށް އެ ޕޯޓަލުން ފެންނާނީ މާލެ ސަރަހައްދުން އެއްކޮށްފައިވާ ޑޭޓާ އެވެ.

ޕޯޓަލް ލޯންޗުކުރުމަށް ފަހު މިނިސްޓަރު ސައީދު ވިދާޅުވީ އަސާސީ ބާވްތަތައް ކަނޑައަޅާފައިވާނީ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ.

މިނިސްޓްރީން އަސާސީ ބާވަތްތައް މޮނިޓާކުރާނީ 3 ކެޓަގަރީއަކަށް ބަހާލައިގެން ކަމަށެވެ.

އަސާސީ ބާވަތްތަކުގެ ގޮތުގައި މޮނިޓާކުރާ ކެޓަގަރީތައް:

  • ގޭބީސީތަކުގެ ކެއުމަށާއި، ކާތަކެތި ތައްޔާރު ކުރުމަށް ބޭނުންކުރާ އަސާސީ ބާވަތްތަކުން 93 އައިޓަމެއް
  • މޭވާ އަދި ތަރުކާރީގެ ބާވަތްތަކުން 38 އައިޓަމެއް
  • މަސް (ކަނޑުމަހުގެ ބާވަތްތަކުން) 10 އައިޓަމެއް

އޭގެ ތެރެއިން 32 އައިޓަމަކީ ކްރިޓިކަލް އައިޓަމްތަކުގެ ގޮތުގައި މިނިސްޓްރީން ވަނީ ކަނޑައަޅާފަ އެވެ.

ރަމަޟާން 1446 އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ