ގިނަ ކުޅިވަރުތަކާ އެކު ސަލްޓަން ޕާކު އަލުން ތަރައްގީ ކުރަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ބޯލިންގ ފަދަ އާ ކުޅިވަރުތަކާއެކު ސަލްޓަން ޕާކު އަލުން ތަރައްގީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

މިކަން ރައީސް ހާމަކުރެއްވީ ރަސްމީ ފަލަން އަލުން ތަރައްގީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ނިމިދިޔަ ސަރުކާރުގައި ސަލްޓަން ޕާކަށް އެއްވެސް ވަރަކަށް އަޅާނުލާ ދޫކޮށްލާފައި އޮތް ނަމަވެސް، މިހާރު އެ ތަން އަލުން ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ފެށިގެންދާނެ އެވެ. ”ސަލްޓަން ޕާކު ސަރަހައްދަކީ ވަގުތު ހޭދަކޮށްލަން އެންމެ ހިތްފަސޭހަ، އެންމެ ގިނަ ކަންކަން ކުރެވޭ ސަރަހައްދަށް ހެދިގެންދާނެ“ ކަމަށް ރައީސް ވިދާޅުވި އެވެ.

އާ ތަރައްގީގެ ތެރޭގައި ކުޑަކުދިންނާއި އާއިލާތަކަށް ހިތްހަމަޖެހިލައިގެން ވަގުތު ހޭދަކުރެވޭނެ ތަފާތު ވަސީލަތްތައް ޕާކަށް އިތުރުކުރެވިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

ސަލްޓަން ޕާކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، ރައީސް މުއިއްޒު ހައުސިންގ މިނިސްޓަރުކަމުގައި ހުންނެވި އިރު، އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ތަރައްގީ ކުރެވުނު ތަނެކެވެ. އޭރު އެތަން ތަރައްގީ ކުރެވިފައިވަނީ ސްނޯ ޕާކަކާ އެކުގައެވެ. ނަމަވެސް މިހާރު އެތަން ވަނީ ބަންދުކުރެވިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ