ރަމަޟާންމަހު ނޯތް ހާބަރު ސަރަހައްދުގައި ބިދޭސީންގެ ބައޯމެޓްރިކްސް އަދާހަމަކުރުމުގެ މަސައްކަތް ކުރިއަށްގެންދާނޭ ކަމަށް ހޯމް މިނިސްޓްރީ އިން ބުނެފި އެވެ.
ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދަން ފިންގަ ޕްރިންޓާއި ފޮޓޯ ހިމެނޭ ބަޔޯ މެޓްރިކްސް ޑޭޓާ ނަގަން ”އޮޕަރޭޝަން ކުރަނގި“ ފެށީ މިދިޔަ އަހަރުގެ މޭ މަހު ކ. ހިންމަފުށީގަ އެވެ. އަދި މިދިޔަ މަހު މާލޭގައި އެ އޮޕަރޭޝަން ފެށިއިރު އެންސީއައިޓީގައި ގާއިމުކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރުގައި ބަޔޯ މެޓްރިކްސް ޑޭޓާ ނެގުމުގެ މަސައްކަތް ދިޔައީ ކުރަމުން ނެވެ.
ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ވަޒީފާ ަދޭ ފަރާތްތަކަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން މި ރޯދަ މަހާއި ހަ ރޯދައިގައި ބަޔޯ މެޓްރިކްސް ޑޭޓާ ނަގަން ނޯތު ހާބަރުގައި ހުންނަ ”ދަ ޝޮޓް ހާބަރު ރެސްޓޯރެންޓް“ ސަރަހައްދުގައި އިތުރު ޑެސްކެއް ގާއިމުކުރަން ނިންމާފައިވާ ކަމަށެވެ.
ނޯތު ހާބާރު ސަރަހައްދުގައި ބަޔޯ މެޓްރިކްސް ޑޭޓާ ނަގައިދޭނީ
- ހެނދުނު 09:30 އިން ހަވީރު ހަތަރަކަށް
- ރޭގަނޑު 21:30 އިން 23:30 އަށް
މި ޕްރޮގްރާމް މުޅިން ނިންމާލެވޭނެ ތާރީހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 2027 ވަނަ އަހަރެވެ. އޮޕަރޭޝަން ކުރަނގީގެ ދަށުން މިހާތަނަށް 26،000 ބިދޭސީއެއްގެ މައުލޫމާތު ވަނީ ނަގާ ނިންމާފަ އެވެ.
ބިދޭސީންގެ މައްސަލަ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ