ޢިއްޒުއްދީން ފާލަން ރަމްޒުކޮށްދެނީ ދިވެހި މާޒީ އާއި މުސްތަޤުބަލު: ރައީސް މުޢިއްޒު

Advertisement

Advertisement

އެންމެ ފަސް

Advertisement

ޢިއްޒުއްދީން ފާލަމަކީ ދިވެހިވަންތަކަމާއި، ދިވެހި ފަންނުވެރިކަމާއި، ދިވެހި މާޒީ އަދި މުސްތަޤުބަލު ރަމްޒުކޮށްދޭ ތަނެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ މިއަދު ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވުނު ޢިއްޒުއްދީން ފާލަން އަލުން ތަރައްޤީކޮށް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގަ އެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، މި ފާލަމަކީ ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ފިކުރު ބިނާކުރުމާއެކު، ސަރުކާރުގެ ޤައުމީ ތަރައްޤީގެ ސިޔާސަތާ ގުޅިލާމެހިިފައިވާ މަޝްރޫޢެއްކަން ފާހަގަކުރެއްވި އެވެ.

ފާލަމުގެ ފަރުމާގައި ދިވެހި ޘަޤާފަތާއި އަމިއްލަވަންތަކަމަށް ޚާއްޞަ ސަމާލުކަމެއް ދީފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. މިގޮތުން، ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނާއި، ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ބޭނުންކުރެވުނު ރަސްމީ ފާލަންތަކުގެ ފަރުމާއަށް ރިޢާޔަތްކޮށްފައިވާކަމަށް ވިދާޅުވި އެވެ. އަދި އެންމެ ފަހު ރަސްކަލުން މުޙައްމަދު ފަރީދު ދީދީގެ ތޮފިކޮޅު ސިފަވާ ނިޝާނެއްވެސް ހިމަނާފައިވާކަން ފާހަގަކުރެއްވި އެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ޖުމްހޫރީ މައިދާނާއި ޢިއްޒުއްދީން ފާލަން އަދި ސަލްޓަން ޕާކު ހިމެނޭ ސަރަހައްދަކީ މާލޭގެ ރައްޔިތުންގެ ހިތްހަމަޖެހުމަށް އޮތް އެންމެ މުހިންމު އެއް ސަރަހައްދު ކަމަށެވެ. މި ސަރަހައްދު އިތުރަށް ތަރައްޤީކުރުމުގެ ޕްލޭންތައްވެސް ހާމަކުރެއްވި އެވެ.

އެގޮތުން، އަންނަ 6 މަސްދުވަހުގެ ތެރޭގައި ސަލްޓަން ޕާކު އަލުން ތަރައްޤީކުރެވޭނެކަމަށް ވިދާޅުވި އެވެ. މި ތަރައްޤީގެ މަޝްރޫޢުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން މިހާރުގެ ޖީލަށް ރާއްޖޭގެ ތާރީޚު ދަސްކުރެވޭނެ ގޮތްތައް ހިމެނޭނެކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން، މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ފެރީ ޓަރމިނަލުން ފެށިގެން މޯލްޑިވްސް މަނިޓަރީ އެތޯރިޓީ (އެމްްއެމްއޭ) ގެ ޢިމާރާތާ ހަމައަށް މަގު ތަރައްޤީކުރުމުގެ މަސައްކަތް ރަމަޟާން މަހުގެ ނިޔަލަށް ފެށޭނެކަމަށް ރައީސް އިޢުލާންކުރެއްވި އެވެ. މި މަޝްރޫޢުގައި މަގު ދެ ލޭނަށް ފުޅާކޮށް، ޝީޓްޕައިލްކޮށް، މޫދުން ބައެއް ނަގައިގެން މަގު ތަރައްޤީކުރެވޭނެކަމަށް ވިދާޅުވި އެވެ. އަދި މި އަހަރުގެ ނިޔަލަށް މި މަސައްކަތް ނިންމާލެވޭނެކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވި އެވެ.

ޢިއްޒުއްދީން ފާލަމުގެ މަރާމާތުގެ މަސައްކަތާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ގިނަ ދުވަސްތަކެއް ވަންދެން ފާލަން މަރާމާތު ނުކުރެވި ހުރުމުގެ ސަބަބުން، ފާލަމުގެ މައި ސްޓްރަކްޗަރއަށް ގެއްލުން ލިބި، ފާލަން ބޭނުންކުރާ ފަރާތްތަކަށް ނުރައްކާވެދާނެތީ، ފާލަމުގެ މައި ސްޓްރަކްޗަރ އަލުން ފަރުމާކޮށް އަޕްގްރޭޑްކުރުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކުރެވުނީ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ކުރިން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ